English Edition
Dhivehi Edition

ގއ. ދެއްވަދޫއަށް ގޮސްފައިވާ ފަރާތެއް މިވަގުތު ގދ. ތިނަދޫގައި ވާނަމަ ރޫމް ކަރަންޓީންވުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އަންގައިފިއެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދާދި ދެންމެއަކު ކުރި ފޭސްބުކްގައި އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން ވޭތުވެދިޔަ 4 ހަފްތާތެރޭގައި ގއ. ދެއްވަދޫއަށް ގޮސްފައިވާ ފަރާތެއް މިވަގުތު ގދ. ތިނަދޫގައި ވާނަމަ ރޫމް ކަރަންޓީންވުމަށްފަހު ހޮސްޕިޓަލުގެ ކޮވިޑް ހޮޓްލައިން 7934641 ނަންބަރަށް ގުޅުއްވާ މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ގދ. އަތޮޅުގެ އެއްވެސް ރަށަކުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ބޭފުޅެއްނަމަ ނުވަތަ އެފަދަ މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅުނަމަ ހޮސްޕިޓަލުގެ ކޮވިޑް ހޮޓްލައިން ނަންބަރަށް ގުޅުއްވާ އެ މައުލޫމާތުތައް ހިއްސާކުރުމަށްވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންވަނީ އަންގާފައެވެ.

ޖެނުއަރީ 06 ވަނަ ދުވަހު މާލެއިން ގއ. ދެއްވަދޫއަށް އައިސް ކަރަންޓީންގައި ހުރި ކުޑަކުއްޖެއް ވަނީ ކޮވިޑް-19އަށް ފައްސިވެފައިވެ، އެކުއްޖާއާއި ޑައިރެކްޓް ކޮންޓެކްޓުވި 07 މީހުންގެ ނަތީޖާވެސް ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފިއެވެ. އަދި ދެއްވަދޫއިން ލ. ފޮނަދޫއަށް ދަތުރުކުރި 04 މީހެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ހެދި ޓެސްޓުގެ ނަތީޖާވެސް ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ މަޢުލޫމާތު ދީފައެވެ.