English Edition
Dhivehi Edition
ފޮޓޯ: މުޙައްމަދު މާޖިދު އަޙްމަދު، އޭއޯ ނިއުސް

ގދ. ތިނަދޫ ފެން ޕްލާންޓް ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ގދ. ތިނަދޫ ފެން ޕްލާންޓް ސަރަހައްދުގައި ދަގަނޑު ޓޭންކެއް ކެފުމުގެ މަސައްކަތް ކުރަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:00 އެހާކަންހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފޮޓޯ: މުޙައްމަދު މާޖިދު އަޙްމަދު، އޭއޯ ނިއުސް

އަލިފާން ރޯވުމާއި ގުޅިގެން ތިނަދޫ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލައިފައެެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށާއި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާކަން ފުލުހުން ވަނީ އޭއޯ ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.