English Edition
Dhivehi Edition

ސެންޓަރަލް ޕޮލިސް ޑިވިޜަންގެ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް، މުޙައްމަދު އަމީނުލް އިސްލާމް (20އ) ކަމަށެވެ.

އެހެންކަމުން މުޙައްމަދު އަމީނުލް އިސްލާމާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791814 ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުންޏެވެ.