English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ބޮޑު އެއް ޔޮޓު، “ފްލައިންގ ފޮކްސް” މިވަގުތު ދަތުރުކުރަމުންދަނީ ހުވަދުއަތޮޅުގެ ހިތްގައިމު ކަނޑުތަކުގައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރަމުން އަންނަ މި ދުވަސްވަރު, ޗާޓާރކުރެވެން އޮތް ދުނިޔޭގެ އެންމެ ބޮޑު އެއް ޔޮޓު ކަމުގައިވާ “ފްލައިންގ ފޮކްސް” ހުވަދުއަތޮޅުގެ ރަށްތަކުގެ ހިތްގައިމު މާހައުލުތަކުގައި ދަތުރުކުރަމުންދަނީ ރަޝިޔާ ބިލިއަނަރެއްްގެ އަހަރީ ޗުއްޓީއަށެވެ. އަމާރީ ހައޮއްޑާ ކައިރީގައި އޮންނަ ހައޮޑިގަލާ ކައިރިއަށް މިއަދު މި ޔޮޓު ވަނީ ބަނދަރުކޮށް އެ ރަށުގައި ވަގުތު ހޭދަކޮށްފައެވެ. އަދި މިރޭ އެ ރަށުގައި ޑިނާ ނައިޓެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމުގެ މަޢުލޫމާތުވެސް ލިބެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޙާއްސަ ހުއްދައެއްގެ ދަށުން ރިސޯޓް އޯނަރުންނާއި އިންވެސްޓަރުންނަށް ރާއްޖެ އައުމުގެ ހުއްދަ ދިނުމާއި ގުޅިގެން މި އަހަރުގެ މޭ މަހުގައިވެސް “ފްލައިންގ ފޮކްސް” ރާއްޖޭގައި ވަނީ ހަރަކާތްތެރިވެފައެވެ.

04 މިލިއަން ޑޮލަރަށް ހަފްތާއަކަށް ޗާޓަރު ކުރެވޭ މި ޔޮޓުގައި 02 ޑެކުގެ ސްޕާ އަކާއި ޕްރޮފެޝަނަލް ޑައިވް ސެންޓަރަކާއި 02 ހެލިޕެޑުގެ އިތުރުން ހޮސްޕިޓަލެއް ހުންނަ މި ޔޮޓުގައި 54 ކްރޫއިން މަސައްކަތްކުރެއެވެ. ދުނިޔޭގެ އެންމެ ބޮޑު ސްވިމިންގ ޕޫލުވެސް އޮންނަނީ މި ޔޮޓުގައެވެ.މި ޔޮޓުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޔޮޓުގައި މަސައްކަތްކުރާ ކްރޫންގެ ތެރޭގައި އޮލިމްޕިކް އެތުލީޓުންނާއި ރިޓަޔަރ ކޮށްފައިވާ އިނގިރޭސިވިލާތުގެ ސިފައިން ހިމެނެއެވެ.

ޖުމްލަ 06 ޑެކަށް ފަރުމާކުރެވިފައިވާ މި ޔޮޓުގެ 40 ފޫޓުގެ ސްވިމިންގ ޕޫލުގައި ލޮނާއި އާދައިގެ ފެނަށް ވަކިން ދެބައެއްް ހެދިފައިވާއިރު މި ޕޫލުގައި ހޫނު ފެނުން ގޮސް ގަނޑު ފެނާއި ހަމައަށް ފިނިހޫނުމިން ހުރެއެވެ. “އިމްޕީރިއަލް ޔޮޓްސް”އިން ފަރުމާކޮށް ޗާޓާރކުރުމުގެ މަސައްކަތާއި ހަވާލުވެ ތިބި މި ޔޮޓަކީ ދަތުރުކޮށްލަން އެންމެ އަރާމު އެއް ޔޮޓެވެ.

1 ކޮމެންޓް
HAbil
ޖެނުއަރީ 7, 2021
Airort hadhaashey kiuaigen mihaaru ves fas rah halaakukoffa oiy atholheh. Jabir vidhaalhuvaakahala plan kuranee