English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: މިހާރު

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލައި، ޖޫރިމަނާ ކުރި ހުކުމްގެ އިސްތިއުނާފު މައްސަލައިގެ، ހުކުމް އިއްވުން މި މަހުގެ 14 ވާ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އެމަނިކުފާނުގެ ފަރާތުން ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.ހައި ކޯޓުގެ ޝަރީއަތްތައް މިދިޔަ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު ނިންމާފައިވާއިރު ކޯޓުން ބުނީ، އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން، ޖެނުއަރީ މަހުގެ 14 ވާ ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ބުނެފައިވަނީ، އެމްއެމްޕީއާރްސީގެ މައްސަލައިގައި އެތައް ބައެއްގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާއިރު ހަމައެކަނި ރައީސް ޔާމީން ބައްދުގައި ބަހައްޓައިގެން ޝަރީއަށް ކުރުމަކީ ހަމަހަމަކަން ގެއްލޭނެ ކަމެއް ކަމަށެވެ.