English Edition
Dhivehi Edition

މިޔަންމާގެ ރޮހިންޖާ ދަރިކޮޅު މީހުންނާ ދެކޮޅަށް އެގައުމުގެ އަސްކަރީއްޔާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތައް މިިވަނީ ގިނަވެ، މުޅި ދުނިޔެ އެކަމާ ކަންބޮޑުވާ ދަރަޖައަށް ކަންކަން ގޮސްފައެވެ. މިހާރުވެސް ރޮހިންޖާ ދަރިކޮޅުގެ 270000 މީހުން، ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް ބަންގްލަދޭޝަށް ފިލައިގެން އެތެރެވެފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ.

އުމުރުން ބާރަ އަހަރުގެ ޖާޝިމް އަކީ މިޔަންމާގެ ރަޙަައިން ސްޓޭޓުން ފިލައިގެން މީގެ 13 ދުވަސް ކުރިން އައިލާއާއި އެކު ބަންގްލަދޭޝަށް އެތެރެވެފައިވާ ކުއްޖެކެވެ. ޖާޝިމް އެނާގެ ދިރިއުޅުން ހަމަލާތަކުގެ ކުރިން ސިފަކޮއްދިނެވެ. “އަހަރެން އައީ ސްކޫލުގައި ކިޔަވަމުން. އަހަރެންގެ އެންމެ ކިޔަވާ ހިއްވާ މާއްދާއަކީ އިންގިރޭސި. އެއީ އަހަރެން ގަބޫލު ކުރާގޮތުގައި އިންގިރޭސި އެނގުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާ ބައްދަލުވެ، އަހަރެންގެ ކަންކަމުގައި ދެކޭގޮތް އެމީހުންނާ ހިއްސާ ކުރެވޭނެތީ.” އެނާ ކުރިން އަވަށުގައި ދިރިއުޅުނު ގޮތް ކިޔައިދިނެެވެ.

ޖާޝިމްއާއި އެނާގެ އާއިލާ ބަންގްލަދޭޝަށް އައުމަށް ނައްޓާލީ މީގެ 13 ދުވަސް ކުރިންނެވެ. ޖާޝިމް ކިޔައިދިން ގޮތުގައި އެނާ ދިރިއުޅުނު އަވަށަށް އެއް ދުވަހު 200 ވަރަކަށް ސިފައިން އައިސް ވަނެވެ. އަދި އެމީހުން އަވަށުގެ ގެތައް ރޯކުރަން ފެށިއެވެ. އެވަގުތު އެނާ ވަރަށް ބިރުގަތް ކަމަށް ވެސް ޖާޝިމް ބުންޏެވެ. އެވަގުތު އެނާއާއި އެނާގެ އާއިލާ ފިލަން ވަނީ ޖަންގަޔަށެވެ. އަދި ބަންގްލަދޭޝާ ދިމާލަށް ހިނގައިގަންނަށް ފެށިކަމަށް އެނާ ބުންޏެވެ.

ރޮހިންޖާ އަންހެނެއް އެނާގެ ދަރިފުޅާ އެކު

ޖާޝިމްއާއި އެނާގެ އާއިލާ ބަންގްލަދޭޝަށް ދިއުމަށް 13 ދުވަސް ނެގި ކަމަށް އޭނާ ބުންޏެވެ. އެމީހުން ޖަންގަލީގެ އެކި ސަރަހައްދުތަކުގައި މަޑު ކޮށް ޖެހުނީ، ވަގުތީ ބޯހިޔަލެއް ކޮންމެ ފަހަރަކު ތައްޔާރު ކުރާށެވެ. އެމީހުންގެ ދަތުރު ކުރަން ޖެހުނީ ކުދި ފަރުބަދަ ތަކުގެ މަތިންނާއި، ކުދި ކުދި ކޯރުތައް ހުރަސްކޮށް ކަމަށްވެސް އެނާ ކިޔައިދިނެވެ. “އަހަރުމެން ހިނގި ދުވަސްވަރު އަހަރެން ހުރީ ވަރަށް ބިރުން. އެއީ ކޮންމެ ވަގުތަކު ވެސް ސިފައިން ހަމަލާ ދީފާނެތީ.” ޖާޝިމް ކިޔައިދިނެވެ. އޭނަ ބުނިގޮތުގައި ބަންގްލަދޭޝް ބޯޑަރާ ކައިރި ވުމުން އެމީހުން އުޅެން ޖެހުނީ ވަރަށް ބަލައިގެންނެވެ. އެއީ ސިފައިން ބިމުގައި ބޮންތަކެެށް ހަރުކޮއްފައި ހުރުމުން ކަމަށެވެ. އެ ބޮންތަކުގެ މަތިން ހިންގައިފި ނަމަ ގޮވާނެ ކަމަށް އެނާ ކިޔައިދިނެވެ.

ޖާޝިމް ބުނި ގޮތުގައި އޭނާގެ އަމިއްލަ އަވަށް މިހާރު ނެތި ދިއުމުން އެނާ ވަރަށް ދެރަވާ ކަމުގައެވެ. އެނާ ބުނިގޮތުގައި އެމީހުން އެއްވެސް އެއްޗެއް މި ދަތުރުގައި ނުގެންދެއެވެ. އަދި އެނާގެ ބައްޕަވެސް އަދި އުޅެނީ ރަށުގައި ކަމަށް އެނާ ބުންޏެެވެ. އެނާ ބުނި ގޮތުގައި އެނާގެ ބައްޕަ ވީނުވީއެއްވެސް އެނާ އަށް ވެސް ނޭނގެއެވެ. އަދި ބައްޕަ ބުނެފައިވަނީ ފަހުން ބައްދަލު ކުރާނެ ކަމަށް ކަމުގައި ވެސް ޖާޝިމް ބުންޏެވެ. ޖާޝިމް ބަންގްލަދޭޝަށް އައިސްފައިވަނީ އެނާގެ މަންމައާއި އެކުގައެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި މީހާރުވެސް ގާތްގަނޑަކަށް ތިން ލައްކައެއްހާ ރޮހިންޖާ މީހުން ދިރިއުޅެމުން އެބަދެއެވެ. އަދި އެމީހުން އަނބުރާ ގައުމަށް ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެށް ނެތެވެ. މިޔަންމާ ސިފައި ހިންގަމުންދާ ލާއިން އިންސާނީ ޖަރީމާ ތަކުގެ ސަބަބުން ޖާޝިމް ފަދަ އެތައް ކުދިންނެއް ވަނީ ހާލުގައި ޖެހިފައެވެ.

(އަލްޖަޒީރާ)