ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމް ކުރުމަށްފަހު އޭނާގެ އަތުން ފޭރިއްޖެ އެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާ ދީ އޭނާގެ ފޯނާއި ވޮލެޓް ފޭރުނު މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މީހާއަށް މިހާރުދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އެއް ފައި ބިނދިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށެވެ.