English Edition
Dhivehi Edition
ފޮޓޯ: އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެންޑޮސްކޮޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.

މިއަދު އަލަށް ފެށި މި ހިދުމަތާއެކު އެ ހޮސްޕިޓަލަކީ މާލެ ފިޔަވައި ރާއްޖޭގައި އެންޑޮސްކޮޕީގެ ހިދުމަތް ދޭން ފެށި ފުރަތަމަ ހޮސްޕިޓަލްކަމަށް އޭއީއެޗް އިން ވަނީ ބުނެފައެވެ. އެންޑޮސްކޮޕީގެ ހިދުމަތް ފެށުމުގެ ކުރިން މިކަމަށް ހާއްސަ ތަމްރީންތަކެއްވެސް ބާއްވާފައިވާއިރު، އެ ހޮސްޕިޓަލުންވަނީ މި ތަމްރީން ކުރިއަށް ގެންދިއުމަށް އައިޖީއެމްއެޗް އިން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެ ހޮސްޕިޓަލަށް ޝުކުރު އަދާކޮށްފައެވެ.

އެންޑޮސްކޮޕީ އަކީ ހަށިގަނޑުގެ އެތެރޭގެ ތަހުލީލުތަކަށް ވަކި ހާއްސަ އާލާތެއް ބޭނުންކޮށްގެން ހަދާ ޕްރޮސީޖާއެކެވެ. މިއީ އެތެރެހަށީގެ ވަކިކަހަލަ ތަހުލީލުތަކެއް ކުރުމަށްޓަކައި އަނގަ ނުވަތަ ފުރަގަސްފަރާތު ދޮރު ނުވަތަ އެނޫންވެސް ހަށިގަނޑުގެ ހުޅުވިފައިވާ ތަނެއްގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް، އެއްކޮޅުގައި ކެމެރާއެއް ހަރުކޮށްފައިވާ ހޮޅިއެއް(އެކަމަށް (ހާއްސަ އާލާތެއް) ލައްވައިގެން ކުރެވޭ ކަމެކެވެ.