English Edition
Dhivehi Edition

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި)ގެ ރާއްޖޭގެ ބްރާންޗު ތަކުން، ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭ އަދަދަށް ބަދަލު ގެނެސްފިއެވެ.
މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުން ފެށިގެން އެސް.ބީ.އައި މާލެ ބްރާންޗް އިން ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ގައުމުތަކުގައި މަހެއްގެ މައްޗަށް ވިޔަފާރިކޮށް، ފައިސާ ނެގޭ އަދަދު މިވަނީ 100 ޑޮލަރަށް މަދު ކޮށްފައެވެ. އެ ބޭންކުން ކަސްޓަމަރުންނަށް ފޮނުވި އީމެއިލް އެއްގައި ބުނެފައި ވަނީ ކޮވިޑާ ގުޅިގެން މީގެ ކުރިން އެ އަދަދު އޮތީ މަހެއްގެ މައްޗަށް 250 ޑޮލަރު ކަމަށާއި މިއަދަދު މިހާރު ދަށް ކޮށްފައިވާ ކަމަށެވެ.

މިބަދަލަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދަށަށް ގޮސް، ޑޮލަރުގެ ތާށިކަން ރާއްޖޭއަށް ކުރިމަތިވެފައިވާތީ ގެނެވުނު ބަދަލެއް ކަމަށް އެސް.ބީ.އައި ބެންކުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، ބީއެމްއެލްއިން ވެސް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހުން ފެށިގެން އެ ބޭންކުގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މަހެއްގެ މައްޗަށް 250 ޑޮލަރަށް ކުޑަކޮށް، ބައެއް އީ-ވޮލެޓްތަކާއި ބޭރު ފައިސާގެ ގަނެ ވިއްކާ ސައިޓްތަކުގައި ކާޑުތައް ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ.