English Edition
Dhivehi Edition

ރައްޔިތުންގެ މަޖްލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) ރޭގެ ވަގުތެއްގައި ‘ވަރަށް ސިއްރުން’ ކުރެއްވި ކައިވެނީގެ ވާހަކަ މުޅި ސޯޝަލް މީޑިއާ ފަތަހަކޮށްފައިވާއިރު ޝާޑުގެ ކުރީގެ އަނބިކަބަލުން އަދި ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް މިވަނީ ވަރަށް ތަފާތު ޓުވިޓެއްކުރައްވާފައެވެ.

އިރުތިޝާމް މިއަދު ކުރެއްވި ޓުވިޓްގައި ވިދާޅުވީ ބޭރުފުށުން ފެންނަ ކަންކަމާއި، ތިމާއަށް ނޭނގޭ ކަންކަމާއި އަދި އެތެރެފުށުގައި ފޮރުވިފައި ހުންނަ ކަންކަމުން، މުޅިން އެހެން ގޮތަކަށް ޤަބޫލުކުރަން ޖެހިދާނެކަމަށެވެ. އެހެންކަމުން ބޭރުފުށަށް އެކަނި ބަލައި ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެކަމަށް އިރުތިޝާމް ވަނީ ވިދާޅުވެފައެވެ. “މުސްކުޅި ހަރުބަހެއްގައި ވެއެވެ. ވިދާހާ އެއްޗަކީ ރަނެއްނޫނެވެ” އިރުތިޝާމްގެ ޓުވިޓްގައި ވިދާޅުވެފައިވެއެވެ.

އިރުތިޝާމްގެ މި ޓުވިޓްގައި ވަކި މީހަކަށް އަމާޒުކޮށް، އެއްވެސް މީހެއްގެ ނަން ހާމަކޮށްފައިނުވާއިރު ގިނަ ބަޔަކުވަނީ މިއީ ޝާހިދު ކުރެއްވި ކައިވެންޏާއި ގުޅިގެން އިރުތިޝާމު ކުރެއްވި ޓުވިޓެއްކަމުގައި ބުނެފައެވެ. އެހެންނަމަވެސް މި ވާހަކަތަކަށް އަދި މިހާތަނަށް އިރުތިޝާމު އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދުގެ ކައިވެނީގެ އުފަލުގައި ރޭ ހޮޓެލް ޖެންގައި ހާއްސަ ހަފްލާއަށް ބާއްވާފައިވާއިރު މި ހަފްލާގައި ބައިވެރިވެފައިވަނީ ވަރަށް ގާތް ފަރާތްތަކުންކަމަށް މައުލޫމަތު ލިބެއެވެ،

3 ކޮމެންޓް
Keke
ޖެނުއަރީ 3, 2021
Muskulhin buney ehfulhan mathinfuhmi bakari anehfulhah mathinvez fummaaney .dhen lol adhives thanthan fanaakuramun dhuvey baigandu thee adhi ehaa reethi firihenehtha?
އަވަށްޓެރިޔާ
ޖެނުއަރީ 3, 2021
ބާކީވެގެންތޯ ފަތިހު މޭކަޕް ކިޓް ދަބަހެއް އަޅުވައިގެން ބޮޑުތަކުރުފާނުމަގުގައި އަވރާވެގެން ހިނގަނީ . ކަސްރަތަށް ހިނގާނަމަ ދާވެސް ހިއްލާނެ. އަދި އެމީހުން މޭކަޕެއްވެސް ނުކުރާނެ.މހާރު ހީވަނީ ފިޔއްކާބޫޅަެއްހެން އެހެންވިމާ ޝާހިދު ދޫކޯށްލީބާ.
FAtuma
ޖެނުއަރީ 2, 2021
Faadu faadu tweet kuraakah meena ves maa reeehcheh noo .shad jahagatheee meehakaa indhegen ulhenikoh mayaa dhariaabafayaa vakikohffa eyruga neygunutha thiya bunaa muskuin bunaa baheh ohnnakan.