English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ގައުމުގެ ތަރައްގީގެ ވަރަށް ބޮޑެތި މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދާއިރު، މި ތަރައްޤީގެ އެންމެ އިސް ދައުރެއް އަދާކުރަންތިބީ ޒުވާނުން ކަމުގައި ޒުވާނުންނާ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝަމް އާދަމް ވިދާޅުވެއްޖެއެވެ

މެޕްޗް ކޮލެޖުން އިސްނަގައިގެން “ހިއްސާ – ތަރައްގީގެ ދަންމަރު ޒުވާނުން”ގެ ނަމުގައި ކުރިއަށްގެންދާ ވޯކްޝޮޕް ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ރާއްޖޭގެ ތަރައްޤީ އަކީ ޒުވާނުންގެ ހިއްސާ އާއި ޒުވާނުންގެ ޒިންމާދާރުކަމާ ގުޅިފައިވާ ކަމެއް ކަމަށާއި ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ދިރިއުޅުމުގެ އިސް ދައުރެއް އަދާކުރާނީ ޒުވާނުންކަމުގައެވެ

މީގެ އިތުރުން އިރުތިޝާމް ވިދާޅުވީ މެޕްސް ކޮލެޖުން އިންތިޒާމުކޮށްގެން ކުރިއަށްދާ މި ޕްރޮގްރާމަށް ޔޫތު މިނިސްޓްރީ އާއި ދައުލަތުގެ އެހެން އިދާރާތަކުން ވެސް އެއްބާރުލުން ލިބިގެން ދޭނެ ކަމުގައެވެ. އަދި މި ޒަމާނަކީ އެންމެ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިލްމު އުނގެނޭ ޒަމާން ކަމަށާއި މެޕްސް ކޮލެޖުން އިސްނަގައިގެން ދިއްލާލި ބައްތިއަކީ ވަރަށް ވެސް މުހިއްމު ބައްތިއެއް ކަމުގައި އިރުތިޝާމް ވަނީ ވިދާޅުވެފައެވެ

ސަރުކާރުގެ އިދާރާ ތަކާ ގުޅިގެން މެޕްސް ކޮލެޖުން އިސްނަގައިގެން ބާއްވާ މި ވޯކްޝޮޕްގައި ޖުމްލަ ދިހަ ސެޝަނެއް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ