English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ކުރީގެ ޔޫތު މިނިސްޓަރު އިރްތިޝާމް އާދަމް ނިންމަވައިފިއެވެ.

ދާދި ފަހުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި އިރުތިޝާމް މަޖިލީހަށް ކުރިމަތިލާން ނިންމާފައިވަނީ އެ ޕާޓީގެ ޓިކެޓްގައެވެ.މިއަދު އިރުތިޝާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ކާފަ، ދޮން ސީދީ ހިންގެވި މަގުން ރައްޔިތުންގެ މަޖިލީހުގައި ހިދުމަތް ކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ

މީގެކުރިން ޖެނީވާގައި ހުންނަވާ ސަފީރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވާ އިރުތިޝާމް ވަނީ ޕީޕީއެމް އާއި އެކު ސިޔާސީ ގިނަ މަސައްކަތެއްކޮށްފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތް މިނިސްޓަރު ކަމާއި ޔޫތް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިރުތިޝާމްގެ އިތުރުން މި ދާއިރާއަށް އެމްޑީޕީ ޓީކެޓްގައި ވާދަކުރައްވަނީ ހުސެއިން ޝަމީމްއެވެ