އިންސާނެއް ވެއްޖިއްޔާ ބުނާ ބަހެއްގައި ކޮންމެވެސް ކަހަލަ އިތުބާރެއް އޮންނަން ވާނެ ކަމަށާއި ޖާހިލިއްޔަ ޒަމާނުގައިވެސް އެކަން އޮންނަނީ އެހެންކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ފާޑުވިދާޅުވެއްޖެއެވެ.
ވަޓްސްއެޕް މެދުވެރިކޮށް ޒާހިދު ފޮނުއްވި މެސެޖްގައި ވިދާޅުވީ އާއިލާ މީހުންގެ ބަސް އަހައިގެން ވެސް ހުރެވިއްޖެކަމަށް އިންސާނެއް ވެއްޖިއްޔާ ބުނާ ބަހެއްގައި ކޮންމެވެސް ކަހަލަ އިތުބާރެއް އޮންނަން ވާނެ ކަމަށެވެ. އަދި ޖާހިލިއްޔަ ޒަމާނުގައިވެސް އެކަން އޮންނަނީ އެހެންކަން ޒާހިދުވަނީ ފާހަގަކޮށްފައެވެ. “އަޅުގަނޑު 02 އަހަރު، ވަރަށް ކެތްތެރިކަމާއި އެކު މަޑުކޮށްފިން ރައީސް ‘މި ހަމަޖައްސަނީ’ ގައި. ކޯޓުތަކަށް އަތް ބާނައިގެން އަޅުގަނޑުގެ ހައްގުތަކަށް އަރައިގަނެވިދާނެ. އެކަމަކު އެއީ ވަރަށް ދަށު ދަރަޖައިގެ މުނާފިގުންކުރާކަމައް” ޒާހިދު ވިދާޅުވިއެވެ. އިތުރަށް ޒާހިދު ބުނީ މި ވެރިކަން 2023 ވަނަ އަހަރު ރައްޔަތުން ބަދަލުކުރާ މަންޒަރު ފެނިގެންދާނެކަމަށެވެ. “މާތް ﷲގެ އިރާދަފުޅުން 2021 ވަނަ އަހަރަކީ ރައީސް ކަރުނަ އަޅާ ރޯން އިންނާނެ އަހަރަކަށް ވެގެން ނުދިއުމަކީ އަޅުގަނޑުގެ ދުޢާ.” ޒާހިދު ވިދާޅުވިއެވެ.
Insha Allah haggah nasru libeyne! ? #HappyNewYear2021 pic.twitter.com/fYvwWC575T
— Zahid Rameez (@xahidcreator) December 31, 2020
ޒާހިދު ރައީސް އަށް މިފަދަ ގޮތަކަށް ފާޑުވިދާޅުވެފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ޒާހިދު މި ވާހަކަ އަމާޒުކޮށްފައިވަނީ ނީ ރިންގު ރޯޑު ހެދުމަށް ޒާހިދުގެ ނިއުޕޯޓު ކުންފުނިން ހިންގި ޗާޓައިމް ރެސްޓޯރެންޓު ތަޅާލުމާއި ގުޅިގެން އެތަނަށް ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހަމަޖެހޭނެ ކަމަށް ސަރުކާރުން ބުނިތާ، ދެ އަހަރުވިއިރުވެސް އެ ފައިސާ އަބުރާ ލިބިފައި ނުވާތީއެވެ.