English Edition
Dhivehi Edition
އެކޫޑާ ބްރޭންޑް ލޯންޗް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ ޝޮޕްއެންގޯ

މަސްވެރިކަމުގެ މަސައްކަތަށް ބޭނުންވާ ސާމާނުތަކަށް ޚާއްސަކޮށްގެން މަރަދޫގައި ހުޅުވާފައިވާ ޝޮޕްއެންގޯއިން މަޝްހޫރު އެކޫޑާ ބްރޭންޑް ތަޢާރަފްކޮށް ޚާއްސަ ޕްރޮމޯޝާނެއް ފަށައިފިއެވެ.

އިއްޔެ ޝޮޕްއެންގޯ ފިހާރައިގައި ބޭއްވި ރަސްމިއްޔާތުގައި މި ބްރޭންޑް ލޯންޗްކޮށްދެއްވީ ކުރީގެ މަޖްލިސް މެންބަރ ޢަލީ ނިޒާރެވެ. އެކޫޑާ އަކީ އޮސްޓްރޭލިއާގެ ބްރޭންޑެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކެއްގައި މި ބްރޭންޑުގެ އުފެއްދުންތައް ބޭނުން ކުރަމުން އަންނަ އިރު ރާއްޖޭގައި ވެސް މި ބްރޭންޑް ވެފައިވަނީ މަސްވެރިންގެ މެދުގައި މަގްބޫލު ބްރޭންޑަކަށެވެ.

އިއްޔެވަނީ އެފިހާރައިގައި ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. ޖެނުއަރީ 1 ން 15 ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި 100ރުފިޔާގެ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ލަކީ ޑްރޯގައި ބައިވެރިވެވޭ ކޫޕަނެއް ލިބެއެވެ. ލަކީ ޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 3 ނަސީބުވެރިއަކު ހޮވާގޮތަށް ހަމަޖެހިފައިވެއެވެ. 1 ވަނަ 2 ވަނަ 3 ވަނަ އަށް ހޮވޭ ފަރާތަކަށް އެކޫޑާ ބްރޭންޑްގެ އަގުހުރި އިނާމް ކަނޑައެޅިފައިވާ ކަމަށް ޝޮޕްއެންގޯއިން މަޢުލޫމާތު ދެއްވައެވެ.

ޝޮޕްއެންގޯ އައްޑޫ ފިހާރަ ހުންނަނީ މަރަދޫގައެވެ. މާލޭގެ ޝޮޕްއެންގޯ އިން ލިބެން ހުންނަ ކޮންމެ އެއްޗެއް މިފިހާރައިންވެސް ލިބެން ހުރެއެވެ. އެގޮތުން މިތަން ވެފައިވަނީ މަސްވެރިކަމުގައި ބޭނުންކުރާ ބްރޭންޑެޑް ސާމާނު ދެކުނުގެ މި ސަރަޙައްދުގައި އެއްތާކުން ލިބެން ހުރި ހަމައެކަނި ފިހާރައިގެ ގޮތުގައެވެ. މިތަނުން މަސްވެރިކަމަށް ބޭނުންވާ އާލާތްތަކުގެ އިތުރުން މަސްވެރިންގެ ގައުންއާއި ޑައިވްކުރާ ސާމާނާއި ފެންމަތީ އުފުލިފައި ހުންނަ މޮޅު އައިނާއި ވޯޓަރ ސްޕޯޓްސް ގެ ސާމާނާއި މިހާރުގެ ޒުވާން މަސްވެރިންގެ ހުނަރުތައް ދައްކާލުމުގައިއާއި ކަނޑުއަޑީގެ ޙަރަކާތްތައް ވީޑިއޯކޮށް ފޮޓޯނެގޭ ގޯޕްރޯފަދަ ހުރިހާ ވަސީލަތްތަކެއް ލިބެން ހުރެއެވެ.