English Edition
Dhivehi Edition

މަސްވެރިން ބާނާ މަހަށް ފައިސާ ނުދީގެން އެކަމާ އަޑު އުފުލުމަށް އައްޑޫ ސިޓީ މިފްކޯގެ ބަނދަރުގައި އިހުތިޖާޖް ކޮށްފިއެވެ.

އައްޑޫގައި ހުންނަ މިފްކޯގެ ފެސިލިޓީއަށް ކިރުވި މަހަށް ފައިސާ ނުލިބިގެން މަސްވެރިން އިޙްތިޖާޖްކޮށްފައިވަނީ މަސްވެރިން ބޭނި މަސް ކިރިތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް މިފްކޯއިން ފައިސާ ދީފައި ނުވާތީއާއި އަދި ފައިސާ ނުދޭތީ އިތުރަށް ދަރަނިވެރިވެގެން މަހައް ދެވެން ނެތްކަމަށް ބުނެއެވެ.

މުޒާހަރާ ކުރި ފަރާތްތަކުން ބުނެފައިވަނީ މަސްދޯނިތަކުން ކިރާ މަހަށް ލިބެން ޖެހޭ ފައިސާތަކުގެ އަދަދަށް ބަލާއިރު ކޮންމެ ދޯންޏަކަށް މިލިއަނުން ފައިސާދޭން އެބަހުރި ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ދޯންޏަކަށް ވެސް ދެމުންދަނީ ލައްކައެއްހާ ރުފިޔާ ކަމަށާއި، އެ ފައިސާ ފަޅުވެރިންނަށް ބަހާލުމުން، ގޭގެ ކޮއްތުބިލު ދެއްކުމަށްފަހު ދެން ބާކީ އެހެންކަމަކަށް ކުރާނެ ހަރަދެއް ނޯންނަ ކަމަށެވެ.

މަސްވެރިން ކިރުވާ މަހަށް ފައިސާ ނުދީ ގިނަދުވަސްވާތީ މިފަހުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން މާލޭގައި މިމަހުގެ 12ގައި ވެސް ވަނީ މަސްވެރިން އިހުތިޖާޖެއް ކޮއްފައެވެ.