English Edition
Dhivehi Edition

2022 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަންޔޫބީލް އަހަރުކަމަށް ވާތީ، އެ އަހަރަކީ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރުގެ ގޮތުގައި ފާހަގަކުރަން ނިންމާ، 2020 ވަނަ އަހަރަށް ޙާއްސަ ކައުންޓްޑައުނެއް މިއަދު ޓޫރިޒަމް މިނިސްޓްރީން ފަށައިފިއެވެ.

މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، ކުރިއަށް ގެންދާ މި ކައުންޓްޑައުންގައި، ފަތުރުވެރިކަމުގެ ސިނާޢަތް ރާއްޖެއަށް ތަޢާރުފު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރުން ފާހަގަކޮށްލެވޭ ފަރާތްތަކުގެ ވީޑިއޯ މެސެޖްތައް 01 ޖަނަވަރީ 2021 އިން 31 ޑިސެންބަރ 2021 އަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

“ފަތުރުވެރިކަމުގެ ރަންއަހަރު 2022” ކައުންޓްޑައުން އިފްތިތާޙު ކުރެވުނީ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި ހިމެނި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބިންގާ އެޅުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި އިޓަލީވިލާތުގެ ޖޯޖް ކޯބިންގެ ވީޑިއޯ މެސެޖަކުންނެވެ.

ފަތުރުވެރިކަމުގެ ރަންއަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ހިންގާނެ ޙަރަކާތްތައް ރޭވުމުގެ މަސައްކަތްތައް ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެންމެހައި ފަރާތްތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ކުރިއަށްގެންދާނެއެވެ.