English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މުމްބާއީގައި ބޭއްވި “މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ” ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

މި ހަރަކާތްކުރިޔަށް ގެންގޮސްފައި ވަނީ ދެފަރާތައްވެސް މަންފާކުރާގޮތަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް އަންގައިދިނުމުގެ ގޮތުންނެވެ.

މިހަރަކާތުގައި ގިނަ އަދަދެއްގެ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން ވެސް ބައިވެރިވިއެވެ.

މިހަރަކާތުގެ ކުރިން ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާ މުހާތަބުކުރައްވައި ރައީސް ތަގްރީރުކުރެއްވިއެވެ.

ރައީސޫލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.