English Edition
Dhivehi Edition

ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑާއި ލެވަންޓޭ ބައްދަލު ކުރި މެޗު 1-1 ލަނޑުން އެއްވަރުވި އިރު ވާދާވެރި ބާސެލޯނާއިން އެސްޕަނިޔޮލްކޮޅަށް 5 ލަނޑު ޖަހައިފިއެވެ.

ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރިއަލްމެޑްރިޑް އެއްވަރު ވެފައިވާއިރު މިއީ ލީގުގައި ރިއަލްމެޑްރިޑް އެއްވަރުވި ދެވަނަ މެޗެއެވެ.

ޝްޕެނިޝް ލީގައަށް މިސީޒަންގައި ކޮލިފައިވި ލެވަންޓޭއާއި އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް ކުޅުނު މެޗުގެ 16 ވަނަ މިނެޓްގައި ލޮޕޭޒްގެ ލަނޑުން ކުރި ހޯދިނަމަވެސް ރިއާލް މެޑްރިޑިއިން ވަނީ މެޗުގެ މެޗުގެ 36 ވަނަ މިނެޓުގައި ލޫކަސް ވަޒްކުއެޒްގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.


ޝްޕެނިޝް ލީގުގައި ރޭ ރިއަލްމެޑްރިޑް އާއި އެންމެ ވާދަވެރި ކުލަބް ބާސެލޯނާއިން ވަނީ ލީގުގައި ރޭ ކުޅުނު މެޗުން އެޝްޕަނިއޯލް 5-0 ލަނޑުން ބަލިކޮށް ލީގުގެ އެއްވަނައަށް ޖެހިލާފައެވެ.

ރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެސްޕަންޔޯލް ކޮޅަށް ހެޓްރިކް ހަދާފައިވާއިރު ބާސެލޯނާގެ އަނެއް ދެ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖެރާޑް ޕީކޭ ކާމިޔާބުކޮށް ދިން އިރު ފަހު ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލުއިސް ސުއަރޭޒެވެ.