ސްޕެނިޝް ލީގުގައި ގެޓާފޭ އާއި ލީގުގެ ގަދަ ބާރުގެ ގޮތުގައި ބެލެވޭ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
މިދިޔަ ތިން އަހަރުވެސް ޔޫރަޕްގެ ޗެމްޕިއަން އަދި ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ރެއާލްމެޑްެރިޑް މިސީޒަންގަަައި ހުސް އަތާއި ނިންމާލަން ޖެހިފައިވާއިރު ޒުވާން ގިނަ ކުޅުން ތެރިންނާއި އެކު މިމެޗަށް ނިކުތް ރެއާލް ލީގުގެ ތިންވަނައިގައިކުޅުނު 34 މެޗުން ލިބުނު 65 ޕޮއިންޓާ އެކުއެވެ.ދެވަނާގައި 34 މެޗުން ހޯދި 71 ޕޮއިންޓާއި އެކު އެތުލެޓިކޯ މެޑްރިޑް އޮތް އިރު އެއްވަނައިގައި 80 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ
ރޭގެ މެޗުން ހޯދި ޕޮއިންޓާއި އެކު ގެޓާފޭ އޮތީ 55 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.
ގެޓާފޭގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގައި ޒިދާންގެ ފުރަތަމަ އެގާރާގައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވާއިރު މި މެޗުގައި ރެއާލްމެޑްރިޑްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ރޭގެ މިމެޗުގައި ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ ފޮނުވާލި ގިނަ ހަމަލާތަކެއް ގެޓާފޭގެ ކީޕަރު ސޮރިއާ ވަނީ ދިފާއުކޮށްފައެވެ.މިދިޔަ ސީޒަނާއި ހިލާފަށް މި ސީޒަންގައި މިފަހަކަށް އައިސް ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ބެންޒެމާގެ ފަރާތުން މޮޅު ކުޅުމެއް އަންނަނީ ފެންނަމުންނެވެ. މިދިޔަ ސީޒަންގައި ބެންޒެމާ 31 މެޗް ލީގުގައި ކުޅުނުއިރު ޖެހިފައިވަނީ އެންމެ ފަސް ގޯލެވެ. އަދި މިއީ ސްޕެނިޝް ލީގުގައި އޭނާ ކުޅެންފެށިފަހުން 20 ގޯލަށް ވުރެ ގިނައިން ލީގުގައި ކާމިޔާބުކުރެވުނު ތިންވަނަ ފަހަރެވެ.ރޭގެ މެޗުގައި ބެންޒެމާއަށް ލަނޑެއް ޖެހުނު ނަމަ ބެންޒެމާއަށް ޖެހިޖެހި ގެން ނުވަ މެޗުގައި ލަނޑު ޖަހައި ބާސާގެ ލިއޮނަލް މެސީ ހަދާފައިވާ ރެކޯޑާއި އެއްވަރު ކުރެވޭނެއެވެ.
ރޭގެ މެޗު އެއްވަރުވިއިރު މިއީ 2012 ވަނަ އަހަރަށްފަހު ސްޕެނިޝް ލީގުގައި ގެޓާފޭ އަށް ރެއާލް އަތުން ޕޮއިންޓެއް ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ލީގުގައި މި ދެ ޓީމު އެންމެފަހުން ބައްދަލުކުރި 10 މެޗުން ވެސް ރެއާލް ވަނީ މޮޅުވެފައެވެ.