English Edition
Dhivehi Edition
4 ހަފްތާ ކުރިން
ފޮޓޯ: އެމްޕީއެލް

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމަށް ލައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ނީލަން ކިޔުމަށް ނިންމާފައިވާ މުދާތައް ބެލުމުގެ ފުރުސަތު އޮންނާނީ 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގައެވެ. އަދި މުދާ ބަލަން ބޭނުންނަމަ، 07 ޖަނަވަރީ 2021ގެ 09:00ގެ ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ.

Advt

Advertisement

ނީލަމުގައި ބައިވެރިވެވޭނީ 10 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ. އަދި ނީލަން ކިޔުން އޮންނާނީ 11 ޖަނަވަރީ 2021 ވާ  ހޯމަ ދުވަހު 14:00 ން ފެށިގެން ކަމަށާއި، ނީލަން ކިއުން އޮންނާނީ ހެޑް އޮފީސް ގެ ބަނދަރު މާލަމުގައި ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލް އިން ވަނީ ނީލަން ކިޔަން ނިންމާފައިވާ މުދަލުގެ ލިސްޓެއްވެސް އެ އިޢުލާނާއެކު އާންމުކޮށްފައެވެ.