English Edition
Dhivehi Edition

ޒުވާން އުންމީދީ ދުވުންތެރިޔާ ގދ.ތިނަދޫ އުދަބާނި، އިބާދުﷲ އާދަމް (ޒެންސީ) ގައުމީ ޖޫނިއަރ 100 މީޓަރު ދުވުމުގެ ރެކޯރޑް މުގުރާލައިފިއެވެ.

އިބާދުﷲ ގައުމީ ޖޫނިއަރ ރެކޯޑް މުގުރާލާފައި ވަނީ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިމަހު 30 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި ނެޝަނަލް ޓައިމް ޓްރެއިލް ގައި ދުވެގެނެވެ. އިބާދުﷲ ދުވުން ނިންމާފައިވަނީ 10.97 ސިކުންތުންނެވެ.

ގައުމީ ޖޫނިއަރ 100މ ރެކޯރޑް ކުރިން ގާއިމްކޮށްފައި ވަނީ 2018 ވަނަ އަހަރު ބޮޓްސްވަނާގެ ގަބްރޯން ސިޓީގައި 11.08 ސިކުންތުން އިބްރާހިމް އަޝްފާން އަލީ (އައްޕި) އެވެ.
އިބާދުﷲ އަކީ 2017 ވަނަ އަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޞިލް ކުރަމުން ދަނިކޮށް ލިބުނު އެޑިޔުކޭޝަން މިނިސްޓްރީގެ ކުޅިވަރު ސްކޮލަޝިޕް ގައި މިވަގުތު އެތްލެޓިކްސް އެސޯސިއޭޝަނުގައި ތަމްރީން ފުރިހަމަކުރަމުންދާ އެތްލީޓެކެވެ.