English Edition
Dhivehi Edition

މިއަހަރު(1438) ވަނަ އަހަރު ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ޝަޢްބާން 1438 ( 25 މޭ 2017 ) ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5.30 ން ފެށިގެން ޑިޕާޓްމެންޓް އޮފް ޖުޑިޝަރީ އެޑްމިނިސްޓްރޭޝަންއާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެކަމަށް އެމިނިސްޓްރީން ބުނެފިއެވެ. މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ. އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެކަމަށް އެ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ ހަހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ، ދިއުމުގެ ޓެކްސީޚަރަދު ދޫކުރާގޮތަށް ހަމަޖެހިފައިވާއިރު ހަނދާއިބެހޭގޮތުން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ޑިޕާޓްމަންޓުގެ ނަންބަރު 3006258 3006259 ފޯނަށް ގުޅުއްވުން މައުލޫމާތި ލިބިގެންދާނެއެވެ. މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު މިއަހަރުގެ ރަމަޟާން މަސް ފެށޭނީ މީލާދީ ކަންޑަރުން މެއި 27 ވާ ހޮނިހިރު ދުވަހު ގައެވެ.