English Edition
Dhivehi Edition
ނައިބު ރައީސް ދާދި ފަހުން އައްޑޫއަށް ކުރެއްވެވި ޒިޔާރަތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ގއ. އަތޮޅު ވިލިނގިއްޔަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ދާދި ދެންމެ ވިލިގިއްޔަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މާދަމާ ވިލިނގިލީ ޑްރަގް ސެންޓަރު ހުޅުވައިދެއްވުމަށާއި، ވިލިނގިލީގައި ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އަދި ގއ. ވިލިނގިލީ ކައުންސިލާއި އެ އަތޮޅުގެ އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނައިބްރައީސްގެ މި ދަތުރުފުޅުގައި ވިލިގިއްޔަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެމަނިކުފާނުންގެ މި ދަތުރުފުޅުގައި ޖެންޑަރ މިނިސްޓަރ އާއި ހޯމް މިނިސްޓަރ ގެ އިތުރުން ސަރުކާރުގެ އިސް ބޭބޭފުޅުން ވަނީ ވިލިއްޔަށް ވަޑައިގެންފައެވެ.