English Edition
Dhivehi Edition
ފޮޓޯ: ޔޫއްޕެ ޕްރޮޑަކްޝަން

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓުކުރާ ވެބް ސީރީޒް “ހުވާކޮށްފާ ބުނަން” އަންނަ އާދީއްތަ ދުވަހުގެ ރޭ ބައިސްކޯފުން ދައްކާނެ ކަމަށް ޔޫއްޕެ އާއި ޢަލީ ރަޝީދު (ގޮޅާ) ބުނެފިއެވެ.

ބައިސްކޯފަށް ސީރީޒް ހަވާލުކުރަން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސީރީޒްގެ ޓީމުން މީޑިޔާއަށް މައުލޫމާތުދެމުން ބުނެފައިވަނީ މިސީރީޒްގެ ޕައިލެޓް އެޕިސޯޑް 27 ވަނަ ދުވަހުގެ ރޭ ބައިސްކޯފުން ދައްކާނެކަމަށެވެ.

“ހުވާކޮށްފައި ބުނަން” ވެބް ސީރީޒްއިން ފެނިގެންދާނެ މައިގަނޑު ތަރިންނަކީ އަޙްމަދު ސަޢީދު، އަޙްމަދު އީސާ (އާނަންދު)، މުހައްމަދު މުސްޠަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝިޔާ މުޙައްމަދު (ޝިޔާ)ގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އިރުފާނާ އިބްރާހީމް (އިރޫ)، ޢަލީ ޔޫޝަޢުގެ އިތުރުން ”އެހެނަސް“ ސީރީޒް އިން ފެނިގެންދިޔަ އައިސްޓީވީގެ ޕްރެސެންޓަރ ދޮނާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.

މިސީރީޒްއަކީ ޔޫއްޕެ އަމިއްލަ ސްކްރިޕްޓެއްގެ މައްޗަށް، އަމިއްލައަށް ޑައިރެކްޓުކުރާ “ޔޫއްޕެ ޕްރޮޑަކްޝަންގެ ފުރަތަމަ ސީރީޒެވެ. މިސީރީޒްއިން ދައްކުވައިދޭނީ އަސަރުގަދަ ލޯބީގެ ވާހަކައެވެ. މީގެ އިތުރުން ފަހަކަށް އައިސް މުޖުތަމައުތެރެއިން ފެނިގެންދާ މުހިންމު މައްސަލަތައް މިސީރީޒްއިން ފެނިގެންދާނެއެވެ. ތިން ސީޒަނަށް ބެހިގެންދާ މިސީރީޒްގެ ކޮންމެ ސީޒަނެއްގައި 26 އެޕިސޯޑް ހިމެނެއެވެ.