English Edition
Dhivehi Edition

ދިވެހި އެންމެ ގިނަ ފަންނާނުން އެކުގައި ފެނިގެންދާނެ ސީރީޒް “ޔާރާ” އެޕްރީލް 24 ވަނަ ދުވަހުގެ ރޭ ރިލީޒް ކުރާގޮތަށް ހަމަޖައްސައިފިއެވެ.

ބައިސްކޯފުގެ ޕްރޮޑަކްޝަނެއް ކަމަށްވާ މިސީރީޒް ރިލީޒް ކުރާނީ މިކަމަށް ޚާއްޞަ ކޮށްގެން އޮލިމްޕަހުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށް ބައިސްކޯފުން ބުނެއެވެ.

ކުޅަދާނަ ލިޔުންތެރިޔާ، އަޙްމަދު އިގްބާލްގެ ސްކްރިޕްޓަކަށް ރިޝްމީ ރަމީޒްގެ ޕްރޮޑަކްޝަން ހައުސް އާރުޓޫޒީން ޕްރޮޑިއުސް ކުރާ މި ސީރީޒަކީ ލޯބީގެ އެންޓަޓައިންމެންޓް ސީރީޒެކެވެ. ބައިސްކޯފުން ދައްކާ ގާތްގަނޑަކަށް 50 ހަކަށް އެޕިސޯޑުގެ މި ސީރީޒްގައި ފެންނާނެ ތަރިންގެ ތެރޭގައި ރިޝްމީ ރަމީޒާއި، މަރިޔަމް އައްޒަ، އަހުމަދު އަޒްމީލް، އަލީ ސީޒަން، ލަމްލާ ލަތީފް، އައިމިނަތް ރިޝްފާ، ނުޒުހަތު ޝުއައިބު، އިސްމާއީލް ޖުމައިހް، ޝަރާ އާދަމް، އާޝާ އަލީ، ޝަހާ އަދުނާން، އައިމިނަތު ސިލްނާ އަދި ހުސައިން ޝަދިޔާން ހިމެނެއެވެ.

މި ސީރީޒް ބިނާވެފައި އޮންނާނީ އެކި ކަހަލަ ގުޅުންތަކުގެ މައްޗަށެވެ. އެގޮތުން ހެއްވާ މަޖާ ކަންކަމާއި ލޯބިވެރިންނާއި ރަހުމަތްތެރިން އަދި އާއިލީ ގުޅުންތަކާ އެ ގުޅުންތައް ދެމެހެއްޓުން މި ސީރީޒްގައި ދައްކުވައިދެއެވެ.

4 ސީޒަން އަކަށް ބަހާލައިގެން ތައްޔާރުކުރާ މި ސީރީޒް ގެ ޑައިރެކްޓަރ ރިޝްމީ އަކީ ފިލްމީ އިންޑަސްޓްރީގެ އެންމެ ކުޅަދާނަ އެއް ފަންނާނެވެ. އަދި އެކްޓިންގެ ދާއިރާއިން ގިނަ ކާމިޔާބީތައް ހޯދާފައިވާ ރިޝްމީ ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކަކީ ވެސް އެތައް އެވޯޑްތަކެއް ހާސިލްކޮށްފައިވާ ފިލްމުތަކެވެ.