English Edition
Dhivehi Edition

ބައިސްކޯފަށް މުޅިން އަލަށް އަންނަ ކޮންޓެންޓް ދައްކާލައިފިއެވެ.

މީޑިއާތަކާއި ބައިސްކޯފައް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ބައިސްކޯފްގެ އާ ކޮންޓެންޓް ތައް ދައްކާލުމަށް އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އަލަށް އާންމުކުރެވޭ ކޮންޓެންޓްތަކުގެ ކާސްޓުންނާއި ކްރޫއިންގެ އިތުރުން މި ދާއިރާގައި ހަރަކާތްތެރިވާ އަދި ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއްކޮށްދެއްވާފައިވާ ފަރާތްތައް ބައިވެރިވެފައިވެއެވެ.

މި ހަފްލާގައި ބައިސްކޯފުން ވަނީ މައިގަނޑު 4 ކޮންޓެންޓެއް އާންމުކޮށް ދައްކާލާފައެވެ.

އާންމުކުރި އަދި ކުރިއަށް އަންނަން ހުރި ކޮންޓެންޓް:

  1. ’ސްޓެސިސް‘ އަލްބަމް – ޝަހީދު ލެގަސީ

ރާއްޖޭަގެ އެންމެ ކުޅަދާނަ އަދި ހުނަރުވެރި ގިޓަރިސްޓް ޝަހީދު ލެގަސީ ގެ ”ސްޓެސިސް“ އަކީ ޝަަހީދުގެ 05 ވަނަ ސޯލޯ އަލްބަމެވެ. މި އަލްބަމްގައި ހިމެނެނީ 07 އިންސްޓްރޫމެންޓަލް ޓްރެެކެވެ. އެއީ ކެތާސިސް (Catharsis)، ޕެރެޑޮކްސް Paradox))، ސްޓެސިސް (Stasis)، އިލީޒިއަން (Elysian)، ރެވަރީ (Reverie)، ސްޓެލިފައި (Stellify) އަދި އިތްރިއަލް (Ethereal) އެވެ. މި އަލްބަމް ލޯންޗް ކޮށްފައިމި ވަނީ ކޮވިޑްގެ ބަލިމަޑުކަމާއި، އަދި އޮޅިގެން އަލްބަމްގެ ހުރިހާ މަސައްކަތެއް ޑިލީޓްކުރެވުން ފަދަ ކަންކަމާހެދި އަލްބަމް ލޯންޗްކުރުން ވަރަށް ބޮޑަށް ލަސްވެފައި ވަނިކޮށެވެ.

މި އަލްބަމާއެކު ރިލީޒްކުރެވުނު ބައިސްކޯފުގެ ކޮންޓެންޓްތަކުގެ ތެރޭގައި ހިމެނޭ ”ގުދަން“ ސީރީޒް ގެ ބެކްމިއުޒިމް ކޮމްޕޯޒްކޮށްފައިވަނީވެސް ޝަހީދެވެ.

  1. ”ގުދަން“ ވެބް ސީރީޒް

އޯކޭޒްއިންކާއި ބައިސްކޯފު ގުޅިގެން ބައިސްކޯފުން ރިލީޒްކުރި ”ގުދަން“ ސީރީޒް ދައްކަން ފަށާނީ 21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ ރޭ ބައިސްކޯފު އެޕްލިކޭޝަނުންނެވެ. އޯކޭޒްއިންކުން މުޅިން އާ ކޮންސެޕްޓަކަށް ގެނެސްދޭ މި ސީރީޒް އަކީ މުޖުތަމައުގައި ހިނގަމުންދާ އެކި އިޖްތިމާއީ މައްސަލަތަކަށް އަލިއަޅުވާލާ ތްރީލާއެކެވެ. 12 އެޕިސޯޑުގެ މި ސީރީޒް 21 އޮގަސްޓް ވާ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ އާދީއްތަ ދުވަހަކު ބައިސްކޯފުން ބަލާލެވޭނެއެވެ.

https://www.instagram.com/reel/ChZZ05DpA4O/?igshid=YmMyMTA2M2Y=

  1. ”ނެތީމޭ“ ވެބް ސީރީޒް

ބައިސްކޯފާއި ގުޅިގެން، މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރ މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކުރާ މި ސީރީޒް އަކީ ކްރައިމް ތްރިލާއެކެވެ. 05 އެޕިސޯޑްގެ މި ސީރީޒް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ބައިސްކޯފުން ބަލާލެވޭނެއެވެ.

https://www.instagram.com/reel/ChCHWDqpPs5/?igshid=MDJmNzVkMjY=

  1. ”ޑާކްރެއިން ކްރޮނިކަލްސް“ ވެބް ސީރީޒް

ބައިސްކޯފާއި ޑާކްރެއިން އެންޓަޓެއިންމަންޓާއި ގުޅިގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ޑާކްރެއިން ކްރޮނިކަލްސް އަކީ 06 އެޕިސޯޑުގެ އެންތޮލޮޖީ ސީރީޒްއެކެވެ. އަހުމަދު ތޮލާލް ލިޔެ ޝިފާއު އަލީ (ޗިއްޕެ) ޑައިރެޓްކުރާ މި ސީރީޒްއަކީ ބަދަލުހިފުން ދައްކުވައިދޭ ސީރީޒްެއެކެވެ. މި ސީރީޒް ބައިސްކޯފުން ގެނެސްދޭން ފަށާނީ އަންނަ އޮކްޓޯބަރ ގައެވެ.

https://www.instagram.com/reel/Che4uakJ1kS/?igshid=YmMyMTA2M2Y=

ބައިސްކޯފުގެ އެޕް މިހާރު މޯބައިލް ފޯނާއި ޓީވީ އިން ބަލާލެވެއެވެ. ’ބައިސްކޯފު‘ އަކީ ރާއްޖޭގައި މިވަގުތު އެންމެ ކުރިއަރާފައިވާ އަދި ނަން ހިނގާ ސްޓްރީމިންގ ޕްލެޓްފޯމެވެ. ބައިސްކޯފް ވެބްސައިޓް www.baiskoafu.com އިން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އަދި ދިރާގު ސަބްސްކްރިޕްޝަން ޕޯޓަލް މެދުވެރިކޮށް ބައިސްކޯފަށް ސަބްސްކްރައިބްކުރެވޭނެއެވެ. އަދި ބައިސްކޯފު ސަބްސްކްރިޕްޝަން އާ ގުޅޭ މައުލޫމާތު ބައިސްކޯފުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ ބައިސްކޯފު ވައިބަރ ސަޕޯޓް 7983863 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.