English Edition
Dhivehi Edition

އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) އާއި އިންޑިޔާގެ މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓްރަޕްރެނިއަރސް (މާވޭ)އާއި މޯލްޑިވްސް ވިމެންސް ޗެމްބަރ އޮފް ކޮމާސް ( އެމްޑަބްލިއުސީސީ ) ގުޅިގެން ސާކު ގައުމުތަކުގެ އަންހެން އޮންޓްރަޕްރެނިއަރސް އަމާޒުކޮށްގެން ފައިނެންޝިއަލް ޕްލޭނިންގ އާއި ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މި ވެބިނަރގައި އައްޑޫ ވިމެންސް އެސޯސިއޭޝަނުގެ ގިނަ މެމްބަރުންތަކެއް ވަނީ ބައިވެރިވެފައެވެ.

މި ވެބިނަރގައި ފެސިލިޓޭޓަރުންގެ ގޮތުގައި ސެޝަންތައް ނަންގަވައިދެއްވެވީ މާވޭގެ ރައީސާ އަޗަރުނާ ބަޓްނާގަރު އާއި އައްޑޫ ވިމެންސް އެސޯސިއޭޝަނުގެ ރައީސާ ޑރ މަރިޔަމް ޝަކީލާގެ އިތުރުން އެމްއެސްއެކްސް ގެ ކޯފައުންޑަރ އަދި ފައިނެންޝިއަލް އެޑްވައިޒަރ ވިޝާލް ކުމާރެވެ.

ޕްރޮގްރާމުގައި ގާތްގަނޑަކަށް 47 މީހުން ބައިވެރިވެފައިވާ އިރު އެފަރާތްތަކަށް ވަނީ ވިޔަފާރިއެއްގައި ފައިނެންސް ޕްލޭން ކުރުމުގެ މުހިއްމު ކަމާއި އަދި ރަނގަޅު ޕްލޭން އެއް ކޮށް ކާމިޔާބު ވިޔަފާރިއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިއްމު މައުލޫމާތު ފޯރުކޮށްދީފައެވެ.

 

ތަފާތު އެކި ރޮނގުރޮނގުން ރާއްޖޭގެ އަންހެނުންނަށް މިފަދަ ގިނަ ފުރުސަތުތަކެއް ހޯއްދަވައި ދިނުމުގެ މަގްޞަދުގައި މަސައްކަތް ކުރަމުން އަންނަ އަވަ ޖަމިއްޔާއިން ވަނީ މިފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވެ ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު މި ޖަމިއްޔާގެ މެމްބަރުންނަށް ހުޅުވާލާފައެވެ.