އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް އޮރިޔާންކާޑު އުފެއްދި މައްސަލައެއްގައި ލ.ގަމުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރެވުނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. މިމައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.