English Edition
Dhivehi Edition

2020 ވަނަ އަހަރަކީ އެއްވެސް ބަޔަކަށް އެމީހުންގެ ޕްލޭންތަކާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދެވުނު އަހަރެއް ނޫންކަން ޔަގީނެވެ. ކޮވިޑް19ގެ ބިރުވެރިކަމާއެކު ގިނަ ކަންތައްތަކެއް ބަދަލުވެގެން ދިޔައިރު މި ބަލީގެ އެންމެ ބޮޑު އަސަރުކުރި މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންވެސް ހިމެނެއެވެ. އެމީހުން ދިރިއުޅުމަށްޓަކައި ކުރަމުން އައި މަސައްކަތް ހުއްޓި ގިނަ ބަޔަކު މަގުމަތިވެގެންދިޔައިރު ޓީވީ ތަރިން މިވަނީ ވަރަށް ހިތްވަރާއެކު އެމީހުންގެ ދާއިރާގެ އަލި ފަނޑުވިޔަނުދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން ކުޑަދުވަސްކޮޅަކަށް ޝޫޓިން މެދުކަނޑާލުމަށްފަހު އަނެއްކާވެސް ޓީވީ ތަރިން އެމީހުންގެ މަސައްކަތަށް އެބުރިލާފައިވާއިރު މިއަހަރު ޓީވީ ދާއިރާގައި ފާހަނގަކޮށްލެވޭ އެންމެ މޮޅު 10 ބަތަލާއިންގެ ތެރޭގައި ހީނާ ހާން، ޝްރިތީ ޖާ ފަދަ ތަރިން ހިމެނެއެވެ.

1- ޙީނާ ޙާން: ޙީނާ ޙާން އަކީ އޭނާގެ މޮޅު ހުނަރާ ކުޅަދާނަކަމުގެ ސަބަބުން 2020 ވަނަ އަހަރު އެންމެ ފާހަނގަކޮށްލެވޭ އެކްޓަރެސްގެ މަގާމް ހޯދާފައިވާ ތަރިއެވެ. ހަމައެކަނި ޓީވީ ޑްރާމާތަކުން ފެނުމުގެ އިތުރަށް ޙީނާ ވަނީ މިއަހަރު ބޮލީވުޑްގައިވެސް ފައިތިލަ ސާބިތުކޮށް އޭނާގެ މޮޅު ހުނަރު ދައްކާލާފައެވެ. އެކްތާ ކަޕޫރްގެ ‘ނާގިން-5’ އާއި ބޮލީވުޑްގެ ފިލްމު ‘ހެކް’ގެ އިތުރުން ކުރު ފިލްމު އަންލޮކް އާއި ވެބް ސީރީޒް ‘ޑެމޭޖް-02″ އިން ޙިނާ ވަނީ ފެނިގެން ގޮސްފައެވެ، މީގެ އިތުރުން މިއަހަރު ޙީނާގެ ވީޑިއޯ އަލްބަމް ‘ހަމް ކޯ ތުމް މިލްގަޔާ’ އިންވެސް ޙީނާ ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.

2- ސުރުބީ ޗަންދުނާ: 2020 ވަނަ އަހަރު ‘ސަންޖީވަނީ’ އިން ޑޮކްޓަރު އިޝީތާގެ ރޯލުން ފެނިގެން ދިޔަ ސުރުބީ ވަނީ އެކްތާ ކަޕޫރްގެ ‘ނާގިން-5’ގައި ހަރުފައެއްގެ ރޯލު ކުޅެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ،

3- ޖެނިފާ ވިންގެޓް: ކުޑަދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު 2019 ވަނަ އަހަރު ޖެނިފާ ފެނިގެން ދިޔައީ ‘ބޭހަދް’ އިންނެވެ. ސޯނީ ޓީވީއިން ދައްކާ މި ޑްރާމާގައި ޖެނިފާ ކުޅެފައިވާ މާޔާގެ ވަރުގަދަ ރޯލާއެކު އޭނާ ވަނީ ބެލުންތެރިންގެ ލޯބި ހޯދާފައެވެ.

4- ޝިވާންގީ ޖޯޝީ: ދެހާސް ނުވަވަނަ އަހަރު ދައްކަން ފެށި “ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ”ގައި ޝިވާންގީ ވަނީ މެދުކެނޑުމެއް ނެތި 04 އަހަރު ހޭދަކޮށްފައެވެ.މި ޑްރާމާގެ މަސައްކަތުގެ އިތުރުން މިއަހަރު ޝިވާންގީ، މޮހޮސިން ހާން އާއި އެކު ކުޅެފައިވާ ‘ބާރިޝް’ ލަވައަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

5- އެރިކާ ފެނާންޑޭޒް: ޕްރޭނާ ޝަރްމާގެ ނަމުން މަޝްހޫރުވެގެން ދިޔަ އެރިކާ އަށް މިއަހަރަކި ކާމިޔާބު އަހަރެކެވެ. އޭނާ ކުޅެމުންދިޔަ ޑްރާމާ “ކަސޯޓީ” މާ އަވަހަށް ނިންމާލަންޖެހުނު ނަމަވެސް އެކަމާއި އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. މި އަހަރު އެރިކާގެ މިއުޒިކް ވީޑިއޯ ‘ޖުދާ ކަރްދިޔާ’ ބެލުންތެރިންނާއި ހަމައަށް އައިސްފައިވާއިރު ކުރިއަށް އޮތް އަހަރަކީ އޭނާ އަށް ކާމިޔާބު އަހަރެއްކަމުގައި އެރިކާ ދެކެއެވެ،

6- ޝުވެތާ ތިވާރީ: ޝުވެތާ އަކީ ޓީވީ ދާއިރާގައި އެންމެ ގިނަ ދުވަސްވީ ތަރިންގެ ތެރޭގައި ހިމެނޭ ބަތަލާއެއްކަން ޔަގީނެވެ. އަބަދުވެސް އޭނާގެ އެކްޓުކުރުމުގެ ހުނަރު އެއްވަރެއްގައި ހިފަހައްޓާ ޝުވެތާ މިއަހަރު ފެނިގެން ދިޔައީ ‘މެރީ ޑޭޑް ކީ ދުލްހަން’ އިންނެވެ.

7- ދީޕިކާ ކައްކަރް: މި އަހަރު މާޗްމަހު ނިންމާލި ޑްރާމާ ‘ކަހާ ހަމް ކަހާ ތުމް’ އިން ފެނިގެން ދިޔަ ދީޕިކާ މިއަހަރު އިތުރު ޑްރާމާއަކުން ފެނިފައިނުވިއަސް އަހަރުގެ ފުރަތަމަ ތިން މަހު އޭނާ ވަނީ ކަހާ ހަމް ކަހާ ތުމް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.

8- ޝްރިތީ ޖާ:ކުމްކުމް ބަގިއާ” ގައި ޕްރަގްޔާގެ ރޯލު ކުޅެމުން އަންނަ ޝްރިތީ ވަނީ މިޑްރާމާގައި މެދުކެނޑުމެއް ނެތި 06 އަހަރު ހޭދަކޮށްފައެވެ. މި ޑްރާމާގައި އޭނާ ދައްކަމުންދާ މޮޅު ހުނަރުގެ ސަބަބުން އަބަދުވެސް އޭނާ ވެފައިވަނީ ޓީވީ އިންޑަސްޓްރީގައި ފާހަނގަކޮށްލެވޭ ތަރިއެވެ.

9- ރިއާ ޝަރްމާ:ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ’ ގައި ރިއާ ކުޅެފައިވާ މިޝްޓީގެ ރޯލާއެކު އޭނާވަނީ ގިނަ ބައެއްގެ ތަރުހީބާއި ލޯބި ހޯދާފައެވެ. މުޅި ޑްރާމާގައި ވެސް ހިތްވަރާއެކު ކަންކަމާއި ކުރިމަތިލާ އަންހެންކުއްޖެއްގެ ރޯލުން ފެނިގެން ދިޔަ ރިއާ ވަނީ އޮކްޓޯބަރުގައި ނިންމާލި މިޑްރާމާގައި އޭނާގެ މޮޅު ހުނަރު ދައްކާލާފައެވެ.

10- ޝްރަދާ އާރްޔާ: ޒީޓީވީން ގެނެސްދޭ ސިލްސިލާ “ކުންޑަލީ ބާގިއާ”ގައި ތިން އަހަރު ހޭދަކޮށްފައެވެ. އަބަދުވެސް އޭނާގެ ކެރެކްޓާއަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ތަރިއެއްގެ ގޮތުގައެވެ.