English Edition
Dhivehi Edition

އ.ދ އިން މިޔަންމާގެ ރޮހިންޖާ ދަރިކޮޅުމީހުންނަށް އެގައުމުގައި އެހީ ދިނުން ހުއްޓާލުމުން ރެޑް ކްރޮސް ޖަމާއަތުން އެ ސަރަހައްދަށް އެހީދިނުން އިތުރު ކޮއްފިއެވެ.

އ.ދ އިން މިޔަންމާ ހުޅަނގު އުތުރު ސަރަހައްދުގައި އެހީދިނުން ހުއްޓާލާފައިވަނީ، މިޔަންމާ ސަރުކާރުން އ.ދ އިން ރޮހިންޖާ ދަރިކޮޅުގެ ހަނގުރާމަވެރިންނަށް އެހީތެރިވެދޭ ކަމަށް ތުހުމަތު ކުރަން ފެށުމުންނެވެ. ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި މިވަގުތު ތިބި ރޮހިންޖާ ދަރިކޮޅުގެ 290000 މީހުންނަށް އެހީތެރި ވުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ހިފާފައިވާއިރު މިޔަންމާގައި ތިބި މީހުންނަށް އިންސާނީ އެހިތެރިކަން ނިހާޔަތަށް ވަނީ ބޭނުންވެފައި ކަމަށް އެހީދޭ ފަރާތްތަކުން ބުނެއެވެ.

ރެޑް ކުރޮސްގެ ޖަމިއްޔާ ޖަމާއާތްތަކުގެ ފަރާތުން ވާހަކަ ދައްކަމުން ޖޮއި ސިންހާލް ބުނެފައިވަނީ، އ.ދ އަދި އެހެނިހެން އެހީދޭ ޖަމާއަތްތަކަށް ބޮޑެތި ދަތިތަކެއް އެހީ ދިނުމުގައި ކުރިމަތި ވެފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ މުއައްޒަފުން އަދި ދަރުމަވެރިންނަށް އެދެވޭ ގޮތެއްގައި ސަލާމަތާ ރައްކާތެރިކަން ފޯރު ކޮށް ނުދެވޭ ކަމަށްވެސް އެނާ ވަނީ ފާހަގަ ކޮއްފައެވެ. މިފަދަ ދަނޑިވަޅެއްގައި މިޔަންމާ ސަރުކާރުން ރެޑްކްރޮސް އަށް އެހީ ތެރިކަން ފޯރު ކޮށް ދިނުމަށް ވަނީ ދައުވަތު ދީފައި ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެހީދޭ ގިނަ ފަރާތްތަކުން ފާހަގަ ކުރި ގޮތުގައި ގިނަ މީހުންނަށް ޖުލައި މަހުންފެށިގެންވެސް ކާބޯތަކެތި ނުލިބިވާކަމަށެވެ. އަދި ހަމަލާތަށް ފެށުނުތާ މާގިނަ ދުވަސްތަކެއް ނުވެ އ.ދ ގެ ކާބޯތަކެތި ފޯރު ކޮއްދޭ ޖަމީއްޔާއާއި އަދި އެހެނިހެން އެހީ ދޭ ފަރާތްތަކުން ވަނީ މިޔަންމާ ސަރުކާރުގެ ތުހުމަތުތަކާއި އެކު ގިނަ މީހުން އަންބުރާ ގެންގޮސްފައެވެ.

ޖޮއި ވިދާޅުވި ގޮތުގައި ސަރުކާރުން ހަމައެކަނި އެހީ ފޯރު ކޮއްދިނުމުގެ މަގު ފަހި ކޮއްދީ އެހީ ދިނުމުގެ ފުރުސަތު ދޭނީ ކަމަށެވެ. އަދި އެހީ ދޭންވީ ގޮތާއި އެހީ ދޭ ފަރާތްކާއި އަދި އެހެނިހެން ރިޕޯޓުތަށް ތައްޔާރު ކުރާނީ އެ ޖަމާއަތުން އަމިއްލައަށް ކަމަށެވެ.

މިހާރުވެސް ރޮހިންޖާ ދަރިކޮޅުގެ އެތަށް ހާސް މީހުން ދަނީ ބަންގްލަދޭޝަށް އެތެރެވުމުގެ މަސައްކަތް ކުރަމުންނެވެ. މި ހާލަތުގައި މިޔަންމާ ސަރުކާރުން ބޯޑަރުގައި ބޮން ވަޅުލާ މައްސަލައެއްވެސް ވަނީ ފެންމަތި ވެފައެވެ.

ދިވެހި ރެޑްކްރެސެންޓުން ވެސް ވަނީ ބަންގްލަދޭޝްގައި ތިބި ރޮހިންޖާ ދަރި ކޮޅުގެ މީހުންނަށް އެހީ ވުމަށް ފަންޑެއް ހުޅުވާފައެވެ.