English Edition
Dhivehi Edition
ތިނަދޫ އިންޖީނުގެ

ގދ. ތިނަދޫ އިންޖީނުގޭގެ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ރޭ ދަންވަރު 3:15 އިން ފެށިގެން އެރަށުން ކަރަންޓު ގޮސްފައިވާއިރު އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ އިން ބުނެފިއެވެ.

“ކަރަންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން. އިރާދަ ކުރެވިއްޔާ މައްސަލަ ހައްލުކުރެވި ދާދި އަވަހަަށް ޚިދުމަތް ދެވޭނެ ކަމުގެ ޔަގީކަން އަރުވަން. މިވަގުތު ތިނަދޫގެ ރައްޔިތުން އުފުލަން ޖެހޭ ތަކުލީފު ތަކަށްޓަކައި ނިހާޔަތަށް މާފަށް އެދޭ ހާލު ކެތްތެރިކަމާއެކު އެެއްބާރުލުން ދެއްވުމަށްވެސް އެދެން” ފެނަކަ ތިނަދޫ ބްރާންޗުގެ ޓެކްނިކަލް މެނޭޖަރ މުސްތަފާ ޙުސެއިން ވިދާޅުވިއެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން މުސްތަފާ ވިދާޅުވީ ރޭ ދަންވަރު ކުއްލިއަކަށް ކަރަންޓު ގޮސްގެން ބެލި ބެލުމުން އިންޖީނަކުން ކޮންމެވެސް ވަރަކަށް އަލިފާންކަނި ބުރާ ތަން ފެނި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކޮށް މިހާރު އެމައްސަލަ ހައްލުވެފައިވާ ކަމަށެވެ.

“އިންޖީނުގެ ގޭގައި އެއްވެސް ވަރަކަށް އަލިފާނުގެ ހާދިސާއެއް ނުހިނގާ. އެއީ ރަނގަޅު މައުލޫމާތެއް ނޫން. ދިމާވި މައްސަލަ ހައްލުކޮށް ގަޑިއެއްގެ ތެރޭ ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވޭތޯ މި ބަލަނީ” މުސްތަފާ ވިދާޅުވިއެވެ.

 

1 ކޮމެންޓް
ޙަކީމު
ޑިސެމްބަރު 21, 2020
ތިކަން ހިގާދިއައިރު އެތާ ތިބި މީހުންނަށް ފެނުނީ އަލިފާން ނިއްވާ ފުޅި ބޭނުންކޮއްގެން ރޯވި އަލިފާން ނިއްވިތަން. ކަނި ބުރާގެން ބޭރަށް ހުޅުގަނޑު ފެނޭ