English Edition
Dhivehi Edition
އައްޑޫއަށް ގެންނަ ޖެނެރޭޓަރު ލޯޑްކުރުމުގެ ތެރެއިން ފޮޓޯ: ފެނަކަ

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 43 ޖަނަރޭޓަރު ފެނަކައިން ބަހައްޓާފައި ވާކަމަށް އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު އިބްރާހިމް ވިދާޅުއްޖެއެވެ.

ފެނަކައިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން އަހުމަދު އިބްރާހީމް ވިދާޅުވީ މިއަހަރު ފެށުނު އިރުވެސް ވަރަށް ގިނަ ރަށްތަކުގައި ހުރި ޖަނަރޭޓަރުތަކުގެ ހާލަތު ރަނގަޅުކުރަން ޖެހިފައިވާކަމަށެވެ.

މީގެ އިތުރުން އަހުމަދު އިބްރާހީމް ވިދާޅުވީ ފެނަކައިގެ އައު މެނޭޖްމެންޓުން ހަވާލުމުވާއެކު، މިހާރުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ފެށިފައިވާ ކަމަށެވެ. ޖަނަރޭޓަރު ބޭނުންވާ ރަށްރަށަށް ޖަނަރޭޓަރު ހޯދުމުގެ މަސައްކަތް ވަރަށް އަވަށް ފެށިގެން ދިޔަކަން ފާހަގަކޮށް އަހުމަދު އިބްރާހީމް ވިދާޅުވީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުގައި 20 ރަށަކަށް އައު ޖަނެރޭޓަރު ފޮނުވާފައިވާ ކަމަށެވެ. އަދި އެ ޖަނެރޭޓަރު ފޮނުވުނު ރަށް ރަށުގައި ކަރަންޓު އުފެއްދުމަށް ހުރި އުނދަގޫތަށް ހައްލުވެފައިވާކަމަށް އަހުމަދު އިބްރާހީމް ވިދާޅުވިއެވެ.

އިތުރަށް އަހުމަދު އިބްރާހީމް ވިދާޅުވީ ވަރަށް ގިނަ ރަށްރަށުގެ ކަރަންޓުގެ ހާލަތު އަހަރު ފެށުނުއިރު ހުރި ވަރަށް ވުރެއް ރަނގަޅު ކުރެވިފައިވާކަމަށާ މިހާރު ވެސް ޖަނެރޭޓަރުތައް އިތުރަށް އޯވަހޯލް ކުރުމަށް ބޭނުންވާ ސްޕެއާ ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

ޓެގު