English Edition
Dhivehi Edition

ރޭ އައްޑޫ ސިޓީ ހިތަދޫ މީހެއްގެ އަތުން ހަ ލައްކައަށްުވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އަގާރަޖަހާކަށްހާއިރު ހިތަދޫ ނިއުސީޒަން ފިހާރައިގެ ސޭޓު ފައިސާ ހިފައިގެން ސައިކަލްގައި ގެއަށް ދަނިކޮށް ފަޅު ގެއެއްގެ ތެރޭގައި މޫނު ނިވާކޮށްގެން ފިލައި ތިބި ބަޔަކު ނިކުމެ ހުރިހާ ފައިސާއެއްވަނީ ފޭރިގެންފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 12:30 ހާ އިރު އެ މައްސަލަ ރިޕޯޓް ކުރުމާ ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރޭ ނިއުސީޒަން އިން ފޭރުނު ފައިސާތަކުގެ ތެރޭގައި ހިމެނެނީ 75،000ރ. އާއި 35،000 ޑޮލަރެވެ.