English Edition
Dhivehi Edition

ރިތިކް ރޯޝަން އަކީ ‘ކަހޯނާ ޕިޔާރު ހޭ ‘ ގައި އޭނާ ކުޅެފައިވާ މޮޅު ރޯލުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. ހުނަރުވެރިކަމާ އެއްވަރުގެ ރީތި ހަށިގަނޑެއް ލިބިފައިވާ ރިތިކްވަނީ އޭނާގެ ޖާދޫގައި ގިނަ ބަޔަކު ޖައްސާފައެވެ.

ފިލްމީ ދާއިރާއަށް ތައާރަފުވުމުގެ ކުރިންވެސް ރިތިކް އަކީ ރީތިކަމާއި ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ފަރާތެކެވެ. ހަށިގަނޑު ރީތިކޮށް ބެހެޓުމަށްޓަކައި ގަވައިދުން ކަސްރަތުކުރަމުންދާއިރު އޭނާއަކީ ކެއުމަށްވެސް ބަލައިގެން އުޅޭ ތަރިއެކެވެ. އޭނާގެ ރީތި ހަށިގަނޑުގެ ސިއްރަކީ އޭނާގެ ހިތްވަރެވެ. ރީތިކް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ފުރިހަމަ ސިއްހަތާއި ރީތި ހަށިގަނޑަކީ ގުޅިލާމެހިފައިވާ ދެކަން ކަމުގައެވެ. އަދި އަބަދުވެސް މި ދެކަންތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި ހަނދާނުގައި ބަހައްޓަން ޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ރިތިކްވަނީ ބުނެފައެވެ. “ކެރިގެން ފުރަތަމަ އެ ކަމާއި ކުރިމަތިލާންޖެހޭ. ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ބަދަލަކަށް މަސައްކަތްކުރަން ޖެހޭ. އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫންކަމުގައި ގަބޫލުކުރަން ޖެހޭ” ރިތިކް ބުނެފައިވެއެވެ.

ރިތިކްގެ ބަސްތަކުން އޭނާގެ ސަޕޯޓަރުން ހިތްވަރު ހޯދަމުންދާއިރު އޭނާގެ ދައްތަ ސުނައިނާ ރޯޝަން ވަނީ ރިތިކްގެ އިރުޝާދުގެ ދަށުން އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ކެންސަރާ ބަލީގައި ގިނަ ވޭންތަކެއް ތަހައްމަލުކޮށްފައިވާ ސުނައިނާ ވަނީ އޭނާގެ ބަރުދަން ލުއި ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ރިތިކް ވަނީ ސުނައިނާގެ ކުރީގެ ފޮޓޯ އަކާ މިހާރު އޭނާ ހުރި ގޮތުގެ ފޮޓޯއެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައެވެ. އެ ފޮޓޯގެ ކެޕްޝަނުގައި ރިތިކް ބުނެފައިވަނީ އެއްވެސް ކަމަކީ ނުވާ ވަރު ކަމެއް ނޫންކަމުގައެވެ. އަދި ހިތްވަރާއެކު ކުރިއަށް ދިއުމަށް ރިތިކްވަނީ ސުނައިނާއަށް ހިތްވަރު ދީފައެވެ

ރިތިކް އާއި ސުނައިނާ އާއި ދެމެދު ގާތް ގުޅުމެއް އޮންނައިރު ރިތިކް ބުނެފައިވަނީ ކޮންމެ ފަދަ ހާލަތެއް ދިމާވިޔަސް އޭނާ އާއި އެކު އަބަދުވެސް ސުނައިނާ ހުންނާނެ ކަމަށެވެ. އަދި އޭނާގެ ދައްތަގެ ސަބަބުން ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބޭ ކަމުގައި ރިތިކްވަނީ ބުނެފައެވެ.

ޓެގު