English Edition
Dhivehi Edition

ދޯންޏެއްގެ ފަލްކާ ތެރެއަށް ވެއްޓި، ފަޅުވެރިއަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކ. ތިލަފުށި ބަނދަރުގައި އޮތް “ދިރުން” ނަމަކަށް ކިޔާ ދޯނީގައި މަސައްކަތް ކުރާ އުމުރުން 40 އަހަރުގެ ދިވެހި ފަޅުވެރިއަކު، އެ ދޯނީގެ ފަލްކާ ތެރެއަށް ވެއްޓި އަނިޔާވެގެން ޞިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:08 ހާއިރު ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.