English Edition
Dhivehi Edition
29 ޑިސެންބަރު 2018: ކ. ގިރިފުށީގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ތަމްރީނުތަކެއްގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ހަތިޔާރާއެކު އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މި މަހުގެ ތެރޭގައި މާލެ ސަރަޙައްދުގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެމްއެންޑީއެފުން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެއް 20 ޑިސެންބަރު 2020 އިން 24 ޑިސެންބަރު 2020 އަށް ހުޅުލެ، ހުޅުމާލެ އަދި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި، އެ ތަމްރީނުގައި ހުޅުމާލެ ފޭސް 2 ގައި ޢާންމުން ދިރިއުޅޭތަންތަނާއި ދުރު ހިސާބުތަކުގައި ބްލޭންކްސް އަދި ޕައިރޯޓެކްނީކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މި ޑިސެންބަރު މަހުގެ 27 އިން 31 އަށް ކ. ގިރިފުށީގައިވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.