English Edition
Dhivehi Edition
އަޑިއަށްދިޔަ "ލިންޓެން" ލޯންޗް - ފޮޓޯ: އެމްއެންޑީއެފް

މާލޭ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލެ ސިޓީ ދެކުނު ފަޅު ތެރޭގައި އަޅާފައި އޮތް “ލިންޓެން” ނަމަކަށް ކިޔާ 33 ފޫޓުގެ އެ ލޯންޗު ދިޔަވެ، އަޑިއަށް ގޮސްގެން ދިޔަ ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 13:45 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.