English Edition
Dhivehi Edition

ތޫފާން އިރްމާގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 11 ކޮޓަރީގެ އަގުބޮޑު ގެ ފުނޑުފުނޑުވެ ބިމާ ހަަމަވެއްޖެއެވެ.

11 އެނދުގެ މި ގެއަކީ އޭނާ ވެރިކަމާ ހަވާލުވުމުގެ ކުރީގައި ގަނެފައިވާ ގެއެކެވެ. މޫދު ކައިރީގައި ހުންނަ މި ގެ ވިއްކާލުމަށް މީގެ ކުރިން ޓްރަމްޕް ވަނީ މަސައްކަތް ކޮށްފައެވެ. ގެ ވިއްކުމަށް ކަނޑައަޅާފައިވަނީ 16.9 އާއި 28 މިލިއަން ޑޮލަރުގެ އަދަދެއްކަމަށް ރިޕޯޓްސް ތައް ބުނެއެވެ. ތޫފާނުގައި ޓްރަމްޕްގެ ގެ ވަނީ ބޭނުން ނުކުރެވޭވަވަރަށް ހަލާކުވެފައެވެ.

ޓްރަމްޕް ގެ ގޭގެ އިތުރުން އެ ސަރހައްދުގައި ހުރި އެންމެ ވަރުގަދަ ހަތަރު އިމާރާތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްސް ތައް ބުނެއެވެ.

މި ތޫފާނުގެ ސަބަބުން 10 މީހަކު ވަނީ މަރުވެފައިވާއިރު ތޫފާންގެ އަސަރު އެންމެ ފުރަތަމަކުރި ބަރްބުޑާގައި އިލެކްޓްރިކް ވަނީ ކަރަންޓުވެސް ކެނޑިފައެވެ. އަދި އެރަށް އޮތީ އެއްކޮށް ހަލާކުވެފައެވެ.

މިއީ މިހާތަނަށް އެޓްލާންޓިކްގައި އުފެދުނު އެންމެ ބާރުގަދަ ތޫފާނުކަމަަށް ރިޕޯޓްތައް ބުނެެއެވެ.