English Edition
Dhivehi Edition
ނ. ހޮޅުދޫގެ އަންހެން ދަނޑުވެރިންތަކެއް - ފޮޓޯ: ޔޫއެން މޯލްޑިވްސް

ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫއުގެ ދަށުން ދަނޑުވެރިކަން ކުރުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން މި ހިނގާ ޑިސެންބަރު މަހުގެ ތެރޭގައި ބާއްވަން ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ކޯޕަރޭޝަނުން 28 ސެޕްޓެންބަރު 2020 ގައި ޢާންމުކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ، “ކޮމިއުނިޓީ އަރބަން ފާމިންގ”ގެ ދަށުން ޕްލޮޓް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން 28 ޑިސެންބަރު 2020 ވާ ހޯމަ ދުވަހު އޮންނާނެ ކަމަށެވެ.

އެގޮތުން ކިއު ނަންބަރު ދޫކުރުން އޮންނާނީ އެ ދުވަހުގެ 09:00 އިން 11:00 އަށް ކަމަށާއި، ގުރުއަތު ނެގުން ފެށޭނީ 11:00 ގައި ކަމަށެވެ. އަދި ގުރުއަތު ނެގުން އޮންނާނީ ޤާޒީ ސްކޫލް ހޯލް (ތިންވަނަ ފަންގިފިލާ) ގައި ކަމުގައިވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން ވަނީ ގުރުއަތު ނެގުމަށް ހާޒިރުވާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޤަވާއިދުތަކަށާއި، އެ ކޯޕަރޭޝަންގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގައިފައެވެ.