ޚާއްޞަ އެހީއަށް ބޭނުންވާ ތިން މެންބަރުން ތިބޭ ޢާއިލާއަކަށް ފިނޭންސް މިނިސްޓްރީގެ ސްޓާފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ނުކުޅެދޭ ތިން މެންބަރުން ތިބޭ ޢާއިލާއަކަށް، އެ މިނިސްޓްރީގެ ސްޓާފުން ޑޮނޭޓްކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ ކަމެއްގައިވެސް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ޝާމިލްކުރުމުގައި ދެމިތިބޭނެ ކަމުގައިވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
Today our staff made a donation to a family with 3 disabled members. While we strive to #buildbackbetter, we remain committed for the inclusion of persons with disabilities in all aspects pic.twitter.com/BZo5kPlkup
— Ministry of Finance (@MoFmv) December 15, 2020
އެ މިނިސްޓްރީގެ މުވައްޒަފުން ހަދިޔާކުރި ފައިސާގެ އަދަދެއް ސާފެއް ނުވެއެވެ. އަދި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއްވެސް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.