English Edition
Dhivehi Edition
12 ޑިސެންބަރު 2017 - ގދ. ފަރެސްމާތޮޑާގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

ގދ. ފަރެސްމާތޮޑާގައި ޤާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ފަޅާލައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު، އިބްރާހިމް ސަބާހު “އޭއޯ ނިއުސް” އާއި ވާހަކަދައްކަވަމުން ވިދާޅުވީ، ލަފާކުރެވޭ ގޮތުގައި އެއީ ރޭ ދަންވަރު 3:00 ގެ ފަހުން ހިނގި ކަމެއް ކަމުގައެވެ. އަދި ފަތިހު 5:00 ހާއިރު އޭޓީއެމަށް ވަދެ، ސާވަރ ޑިސްކަނެކްޓް ކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަބާހު ވިދާޅުވީ ބެލެވޭ ގޮތުގައި އެކަން ހިންގާފައި ވަނީ ތިން މީހަކު ވެގެން ކަމަށެވެ.

“ޑަސްބިން ކޮތަޅު ލައިގެން ތިބެ ވަދެފަ ހުރީ. ކެމެރާތަކުގައި ޓޭޕް އަޅާފައި ކުރި ކަމެއް ކުރީ”، އެ ހާދިސާއާ ގުޅޭގޮތުން ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް، ޔާސިރު މުޙައްމަދު ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް އަދި ލިބިފައި ނުވާއިރު، ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.