English Edition
Dhivehi Edition
14 ސެޕްޓެންބަރު 2020: ސީއެސްސީ އަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ސީއެސްސީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

Advt

Advertisement

އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

އެ މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500 ދިވެހި ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000 ދިވެހި ރުފިޔާ ލިބޭނެއެވެ.

އެ މަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ލިޔުންތައް 2020 ޑިސެންބަރު 17ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެ ކޮމިޝަނުގެ އިދާރާ އަށް ހުށަހެޅުމަށް ސީއެސްސީން ވަނީ އެދިފައެވެ.