English Edition
Dhivehi Edition
hello

މެކްސިކޯގެ ހުޅަނގު ދެކުނުން ކަނޑުގެ އަޑިއަށް 8.1 މެގްނިޓިއުޑުގެ ބާރުގައި އައި ބިންހެލުމާ ގުޅިގެން މިހާތަނަށް ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އެ ބިންހެލުމުގެ ސަބަބުންް ދެ މީހަކު މަރުވެފައިވާ ކަަމަށް މެކްސިކޯގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވާއިރު، އެ ހާދިސާގައި ޒަހަމްވި މީހުންގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އެ ބިންހެލުން އައިސްފައި ވަނީ މެކްސިކޯގެ ހުޅަނގުދެކުނުން 120 ކިލޯމީޓަރު ދުރަށް، ގުއަޓެމާލާގެ ބޯޑަރު ކައިރިން 33 ކިލޯމީޓަރު އަޑިއަށެވެ. އަދި އެބިންހެލުމަށް ފަހު 4.9 މެގްނިޓިއުޑާއި 5.7 މެގްނިޓިއުޑާ ދެމެދުގެ ގުޑުންތައް ވެސް އެ ސަރަހައްދަށް އައިސްފައިވެ އެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ އެބިންހެލުމުގެ ސަބަބުން 0.7 މީޓަރު (2.3 ފޫޓު)ގެ ރާޅެއް މެކްސިކޯއަށް އަރާފައިވާ ކަމަށް ބުނެފަ އެވެ. މެކްސިކޯގެ އިތުރުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައިވާ ގައުމުތަކުގެ ތެރޭގައި އިކުއެޑޯ، ގުއަޓެމާލާ، ނިކަރާގުއާ، ޕެނަމާ، ހޮންޑޫރަސް، މެކްސިކޯ، އެލް ސެލްވެޑޯ އަދި ކޯސްޓަރީކާ ހިމެނެ އެވެ.