English Edition
Dhivehi Edition
ނޭޝަނަލް ޑްރަގް އޭޖެންސީ - ފޮޓޯ: ގޫގުލް މެޕްސް (ހުސަން އާޒިމް)

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާ ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް، އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެންޑީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މަސްތުވާތަކެއްޗާއި ގުޅުންހުރި އެކި ކަންތައްތަކާއި ގުޅިގެން އެ އޭޖެންސީން ކުރާ މަސައްކަތްތަކުގައި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުމާއި އެހީތެރިކަން ހޯދުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން އެންޑީއޭ އިން ބޭނުންވަނީ އާލީ އިންޓަވެންޝަން އާއި ސަބްސްޓެންސް ޔޫޒް ޕްރިވެންޝަން އެންޑް އެވެއަނެސް އަދި އައުޓްރީޗް އާއި ޑީޓޮކްސިފިކޭޝަންގެ ދާއިރާތަކުން އެ އެޖެންސީ އާއެކު މަސައްކަތް ކުރަން ބޭނުންވާ ޖަމިއްޔާ ޖަމާޢަތްތަކެވެ.

އެހެންކަމުން އެ އޭޖެންސީއާއި ގުޅިގެން މަސައްކަތްކުރުމަށް ޝައުޤުވެރިވާ މަދަނީ ޖަމްޢިއްޔާ، ޖަމާޢަތްތަކުން، މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް 2020 ޑިސެމްބަރ 10 ވަނަ ދުވަހުގެ (ބުރާސްފަތި) 12:00 ގެ ކުރިން އެ އޭޖެންސީއަށް ސިޓީއަކުން ނުވަތަ މެއިލްއަކުން އަންގަވައި ދެއްވުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ޖަމްޢިއްޔާތަކާއި މުޢާމަލާތު ކުރުމަށް ފަސޭހަކުރުމުގެ ގޮތުން ކޮންމެ ޖަމްޢިއްޔާއަކުންވެސް އެ އޭޖެންސީއާ މުޢާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅައި، އެފަރާތުގެ ނަމާއި، ފޯން / މޯބައިލް ނަމްބަރު، އަދި އީމެއިލް އެޑްރެސް ބަޔާންކޮށް، މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށްވެސް އެންޑީއޭ އިން ވަނީ އެދިފައެވެ.