English Edition
Dhivehi Edition
މީގެ ކުރިން ފުލުހުން އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތި - ފޮޓޯ: ސީޕީ/ޓްވިޓާ

އެންޑީއެއެއް މަސްތުވާތަކެއްޗާ ދެކޮޅަށް އެކުލަވާލާ، ރާއްޖޭގެ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުންވެސް ޑިޓޮކްސް ފަރުވާ ލިބޭނެ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފާސްކޮށްފި އެވެ.

ޕެޓިޝަން ކޮމިޓީން މި ގޮތަށް ނިންމީ ނެޝެނަސް ޑްރަގް އޭޖެންސީ(އެންޑީއޭ) ރިފޯމް ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި “ޗޭންޖް އެންޑީއޭ 2020” ޕެޓިޝަން ދިރާސާކުރުމަށް ފަހު އެވެ.

ޕެޓިޝަންގެ ކޮމިޓީގެ ރިޕޯޓްގައި މިހާރު ދިމާވެފައިވާ ގިނަ މައްސަލަތަކަށް އަލިއަޅުވާލާފައިވާއިރު، އެ މައްސަލަތައް ހައްލުކުރުމަށް ލަފާދީފައިވެއެވެ. މި ގޮތުން ސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާގެ ނިޒާމް ލާމަރުކަޒީކޮށް މަސްތުވާތަކެތީގެ އާބާދީގެ ނިސްބަތަށް ބަލައި ރާއްޖޭގެ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒެއްގައި މެތަޑޯންގެ ފަރުވާއާއި ޑިޓޮކްސްގެ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ލަފާ ދީފައިވެއެވެ.

މީގެއިތުރުން އެންޑީއޭގެ ދަށުން ހިންގާ ފަރުވާދޭ މަރުކަޒުތައް، ލާމަރުކަޒީކޮށް މަސްތުވާތަކެތީގެ އާބާދީގެ ނިސްބަތަށް ބަލައި ޑްރަގް ކޯޓުގެ މަސައްކަތްތައްވެސް ލާމަރުކަޒު ކުރަން ލަފާ ދީފައިވެ އެވެ.އަދި ކޮމިޓީގެ ރިޕޯޓްގައި ލަފާދީފައިވާ އިތުރުކަންތައްތަކުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ކަސްޓަމްސްގެ ބޯޑާ މެޝިންތަކާއި ސާމާނުތައް ޒަމާނީ ކުރުން ހިމެނެއެވެ.

މީގެ އިތުރުން ގާނޫނާއި ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާއި ންޑީއޭ އަދި ޑްރަގް ކޯޓަށް މިވަގުތަށް އެންމެ ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ވީހާވެސް އަަވަަހަށް ހަމަަޖައްސައިދިނުން ހިމެނެއެވެ. އަދި އެންޑީއޭގެ ޕާފޯމަންސް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށްވެސް ކޮމިޓީއިން ވަނީ ލަފާދީފައެވެ. އަދި މަސްތުވާތަކެތި ވިއްކާ ބިދޭސީން އަވަހަށް ޑީޕޯޓްކުރުމަށްވެސް މި ރިޕޯޓްގައި ވަނީ ލަފާ ދީފައެވެ.