English Edition
Dhivehi Edition

ގއ. ކޫއްޑޫގައި ވަޒީފާ އަދާކުރަމުން ދިޔަ މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ކޫއްޑޫ ހައުސިންގ ޑިޕާޓްމެންޓުގެ ފޯރމޭން އެއްގެ ވަޒީފާ އަދާކުރަމުން އައި ގއ. މާމެންދޫ ކުދިމާގެ، އިބްރާހިމް ދީދީ އެވެ.

ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ރީޖަނަލް މެނޭޖަރ، އިބްރާހިމް ސޯބިރް އޭއޯ ނިއުސްއަށް މައުލޫމާތުދެއްވި ގޮތުގައި އިބްރާހިމް ދީދީ މަރުވެފައިވާކަން އެނގިފައިވަނީ އިޝާ ނަމާދަށް ފަހުން ގޮސް ކާން ގޮވިއިރު ނޭވާ ނުލާތީ ކަމަށެވެ. އަދި އިބްރާހިމް ދީދީ އާއި ހަވީރު ދިމާވި ކަމަށްވެސް މެނޭޖަރ އިބްރާހިމް ސޯބިރް ވަނީ މައުލޫމާތުދެއްވާފައެވެ.

މެނޭޖަރ އިބްރާހިމް އިތުރަށް ވިދާޅުވިގޮތުގައި މިވަގުތު ޑޮކްޓަރަކާއި އެކު ފުލުހުން އެރަށަށް އައުމުގެ މަގުމަތީގައިވާ ކަމަށާއި ފުލުހުންނާއި ޑޮކްޓަރުން ބަލަންޖެހޭ ކަންތައް ބެލުމަށްފަހު އިބްރާހިމް ދީދީގެ ހަށިގަނޑު މާމެންދޫ އަށް ގެންދިއުން އެކަށީގެންވާކަމަށެވެ.

1 ކޮމެންޓް
އަލިފު ސުކުން
ޑިސެމްބަރު 1, 2020
ފުލުހުންނާއި ޑޮކްޓަރުންގެ ޓީމް އައީ އެމީހުންނަށް މިކަން އެންގިތާ 03 ގަޑި އިރު ފަހުން، އޭގެ ތެރެއިން ފުލުހަކު އައީ ޑިންގީ ގަޑެއްގައި ލަޑާ ނަގަންއޮވެފައި ކަމަށްވަނީ، މީތޯ ޒިންމާދާރު ކަމަކީ؟ ދެން އަނެއްކަމަކީ ކީއްކުރަންތޯ މައްޔިތާގެ ހަށިގަނޑު ބާއްވަންވީ މަރުވިރޭ ދަންވަރު 01 ޖަހަންދެން؟ ކޮވިޑު ޓެސްޓު ކުރަން؟ އޭނަޔަކީ އެހެންތަނަކަށް ނުގޮގޮސް ކޫއްޑޫގައި ހުންނަތާ އަހަރެއްވީ މީހެއް. މިކަހަލަ ކަންތައް ސަރުކާރުން އެބަޖެހޭ ރަނގަޅުކުރަން، މުވައްޞަސާތަކަށް ޒިންމާދާރު ވެރިންލާން