English Edition
Dhivehi Edition

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް، އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރްވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކާއި ގުޅޭ ގޮތުންކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވީ، ޗައިނާ ސަފީރާއެކު ބޭއްވި ބައްދަލުވުމުވައި ދިވެހިރާއްޖޭގެ އިޤުތިޞާދު އަނބުރާ ކޮޅަށްޖެހުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމުގައެވެ. ހަމައެހެންމެ ތަރައްޤީގެ އެކި ދާއިރާތަކުގައި ޗައިނާއާއެކު އެއްބާރުލުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައިވާނެ ކަމުގައި ޝާހިދު ވިދާޅުވިއެވެ.

 

މީގެ އިތުރުން ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން ޝަހީދު ވިދާޅުވީ މިހާރު، އިގްތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޗައިނާއާއި އެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެކަމަށެވެ.

ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ރާއްޖެއާއި ޗައިނާއާއި ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން، ވެސް މީގެ ކުރިން މި ދެ ބޭފުޅުންވަނީ މާޝްވަރާކުރައްވާފައެވެ.