English Edition
Dhivehi Edition

ކަންގަނާ އަކީ ކޮންމެ މީހަކާއި ދިމާއަށްވެސް ބުނަން ބޭނުންވާ ވާހަކައެއް ފާޅުކަން ބޮޑު ގޮތެއްގައި ބުނަމުންދާ ތަރިއެކެވެ. އޭނާއަކީ ފިލްމީ ދާއިރާގައި ލިބިފައިވާ މަޝްހޫރުކަމާއި ސަމާލުކަން އާންމު ދިރިއުޅުމުގައިވެސް ލިބިފައިވާ ތަރިއެކެވެ. ދާދި ފަހުން ކަންގަނާވަނީ އޭނަގެ ފުރަތަމަ ލޯބިވެރިޔާ އަދިތްޔާ ޕަންޗޯޅީ އިން ފެށިގެން ރިތިކް ގެ ވާހަކަތައް ވެސް މީޑިއާ ގައި ހިއްސާކޮށްފައެވެ.

އަދިތްޔާ އާއި ބެހޭ ގޮތުން ކަންގަނާ ދެއްކާފައިވާ ވާހަކަތައް އަދިތްޔާ ދޮގުކޮށްފައި ނުވި ނަމަވެސް އޭނާ މިވަނީ ކަންގަނާ އާއި މެދު ކަނބޮޑުވުން ފާޅުކޮށް ވާހަކަދައްކާފައެވެ. “އަހަރެން މިހާރު ކަންގަނާ ދެކެ ބިރުގަނޭ. މީހަކު އެފަދަ ވާހަކަތަކެއް ދައްކަމުންދަ ނަމަ އޭނާގެ ހާލަތު ވަރަށް ރަގަޅަށް ދައްކައިދޭ. އަހަރެން ކަންގަނާގެ ހާލާއި މެދު ކަންބޮޑުވަން.” މީގެ އިތުރުން އަދިތްޔާ ބުނެފައިވަނީ ބައެއް ތަރިން މީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައިވެސް މިފަދަ ވާހަކަތައް ދައްކަމުންދާކަމަށެވެ. އަދި މި މައްސަލައިގައި ރަގަޅު މީހަކު ވަގުތާއި އެކު އެގިގެންދާނެކަމަށް އަދިތްޔާ ވަނީ ބުނެފައެވެ.

އަދިތްޔާ އާއި ބެހޭ ގޮތުން ރަޖިތް ޝަރްމާގެ އާޕްކީ އަދާލަތުގައި ކަންގަނާ ބުނެފައިވަނީ އޭނާ އެޕާޓްމެންޓެއްގައި ބަންދުކޮށްގެން އަދިތްޔާ ގެންގުޅެފައިވާ ކަމަށެވެ. 2006 ވަނަ ކަންގަނާގެ ގޭންގްސްޓާ ރިލީޒްވި ދުވަސްވަރު އަދިތްޔާ އޭނާއަށް ވަރަށް އަނިޔާކޮށްފައިވާކަމަށާއި އެއްވެސް އެކުވެރިއަކާ ބައްދަލުވިޔަ ދީފައިނުވާކަމަށް ކަންގަނާވަނީ ބުނެފައެވެ.

ޓެގު