English Edition
Dhivehi Edition
އައިޖީއެމްއެޗް/ފޮޓޯ ޕީއެސްއެމް

މާލޭގައި ހިގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަރުވާދެމުންދިޔަ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ނޮވެމްބަރ 27 ވަނަ ދުވަހުގެ ރޭ 22:00 އެހާތާނގައެވެ. ފުލުހުން ވިދާޅުވާ ގޮތުގައި އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލަށް ބޮޑުތަކުރުފާނުމަގުން ނުކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކްމައްޗަށް އަރައި ހިނގި މިއެކްސިޑެންޓުގައި ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ އައިޝަތު ނަޒްރާއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި ސައިކަލް ދުއްވަން އިން 24 އަހަރުގެ ފިރިހެން މީހާގެ އަތުގައި ލައިސަންސްވެސް ނެތެވެ. މިމައްސަލަ މިހާރު ދަނީ ތަހުޤީގުކުރަމުންނެވެ.

ނަޒްރާއަކީ ޓިކްޓޮކްގައި ފިޔަޖަހަމުން އައި ތަރިއެކެވެ. ޓިކްޓޮކްގައި ނަޒްރާގެ ފޮލޯވަރުން ދެހާހާ ކައިރިވެފައިވާއިރު ނަޒްރާގެ ކުއްލި ވަކިވުމާއި ގުޅިގެން ގިނަ ބަޔަކުވަނީ އޭނާގެ އާއިލާއަށް ތައުޒިޔާކިޔާފައެެވެ.