English Edition
Dhivehi Edition
ހުޅުމާލެ

ރޭ ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް1 ގައި ކާރެއް ފުރޮޅާލައިގެން އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމަށް ރިޕޯޓްކޮށްފައިވަނީ މިއަދު 5:35 އެހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން އިންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު ހޮސްޕިޓަލާއި ހަވާލާދީ ފުލުުހުން ބުނީ އޭނާގެ ހާލު ސީރިއަސް ނޫންކަމަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓާފައިވާއިރު، މި ކާރު ޓޯކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އެކްސިޑންޓު ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ފަހަކަށް އައިސް ހުޅުމާލޭގައި އެކްސިޑެންޓް ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައެވެ.